Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޔަމަނަށް އެހީވުމަށް ވެފައިވާ ވަޢުދުތައް ފުއްދަންޖެހޭ: ޝާހިދު

ޔަމަނުގައި ކުރިމަތިވެފައިވާ ކާރިސާއާ ގުޅިގެން އ.ދއާއި ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން މިއަދު ބޭއްވި ކޮންފަރެންސްގައި ދުނިޔޭގެ ޤައުމުތަކުން ވެފައިވާ ވަޢުދުތައް ފުއްދަންވާނެ ކަމުގައި ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވީ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ. މިބައްދަލުވުމަކީ ސަޢޫދީ ޢަރަބިއްޔާ އިސްވެ އޮވެ ޔަމަނުގައި ހިންގަމުންދާ 5 އަހަރުވީ ހަނގުރާމައިގެ ސަބަބުން ޔަމަނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާއި، މިހާރު ހަލުއިކޮށް ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ވަބާގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކުން ޔަމަނު ސަލާމަތްކުރުމަށް އ.ދއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ބޭއްވި ބައްދަލުވުމެކެވެ.
ޝާހިދު ވިދާޅުވީ ޔަމަނުގައި ހިނގަމުންދާ އިންސާނީ ކާރިސާގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ވަޢުދުވުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައެވެ. އަދި މިބައްދަލުވުމުގައި އެކި ޤައުމުތަކުން އުފުލުމަށް އެއްބަސްވެފައިވާ އިލްތިޒާމުތައް އުފުލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވި އެވަޢުދުތައް ފުއްދުން މުހިއްމުވަނީ އެއީ ޔަމަނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޯށްދީ މިހާރުން މިހާރަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމަށް މުހިއްމު ކަމެއް ކަމުގައިވާތީ ކަމަށެވެ. އަދި ޔަަމނުގެ ކާރިސާ ނިމުމަކަށް ގެނައުމަށް ދުނިޔެއިން ކުރަމުންދާ ބައިނަލްއަޤުވާމީ މަސައްކަތަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ