މެމްބަރު ހުސެއިން ގައިގާ އީވާ ފައިން ޖެހި މައްސަލަ ބަލަން ގޮވާލައިފި

މަރިޔަމް ލީނާ 2 ޖޫން 2020 23:07
Flowers
މަޖިލީހުގެ ނައިބު ރައީސް އީވާ

ރައްޔިތުންގެ މަޖިލީހުގެ ފަރެސްތޮޑާ ދާއިރާގެ މެމްބަރު ހުސެއން މުހަައްމަދު ލަތީފުގެ ގައިގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކޮޅުފައިން ޖެހި މައްސަލަ ބަލަން އިދިކޮޅު ޕީޕީއެން/ޕީއެންސީ އިން ގޮވާލައިފިއެވެ.

މިއަދު އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭ ދަންވަރު ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަމުރަށް، އެމްޑީޕީ މެމްބަރުން ހިންގި ހަމަ ނުޖެހުމުގައި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މެމްބަރު ހުސެންގެ ގައިކޮޅުގައި ފައި ކުރުކޮށް ކޮޅުފައިން ޖެހި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

އަދި މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަކީ ދައުލަތުގެ އިސް އަދި ޒިންމާދާރު މަޤަމަކަށް ވާއިރު އެ މަޤާމުގައި ހުންނަވާ ބޭފުޅަކު މިފަދަ ނުރައްކާތެރި ހަޑި މުޑުދާރު އަމަލެއް ހިންގުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އަދި ނުރައްކާތެރި، ހަޑިމުޑުދާރު، ނާތަހުޒީބީ އަމަލު ބަލައި ފިޔަވަޅު އެޅުމަށް އިދިކޮޅުން ވަނީ ފުލުހުންނަށް ގޮވާލާފައެވެ.

ރޭ މަޖިލީހުގައި ރައީސް ނަޝީދުގެ އަމުރަށް، އެމްޑީޕީ މެމްބަރުން ވަނީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމަށްވެސް ހަމަލާ ދީފައެވެ. އަދި އެ ހަމަލާތަކުގައި ޝިޔާމްގެ މައިބަދައަށް ވަނީ ގެއްލުންވެފައެވެ. އެ މައްސަލަވެސް މިހާރު ވަނީ ފުލުހަށް ހުށަހެޅިފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ނުރަބޯ
ޚުދުމުޚްތާރު ބަޔަކު އެބައިމީހުންނަށް ނިސްބަތްވާ މީހެއްގެ މައްސަލަ ބަލާނެތަ؟
ލަދެއްނެތް
ނައިބު ރައީސްކަމުންވެސް ވަކިކުރަންޖެހޭ
ސަޒަން
ދޮގުންފުރިފައިވާ މަކަރުވެރި ނޫހެއް އެހެން ނޫހަކުން ތިކަން ފެންނަން މަޑުކުރޭ...
ގައުމު
ބަލަގަނެތޭ ތިއާއިލާގަވެސް ލަދެއް ހަޔާތެއް ހުރި ހަމަ އެކަކުވެސް
އަލަނާސި
ޖެހިނަމަ އެފައި ވާކުރައްވާށި... ޢާމީން
މަންތިރި 1
ތިކަ މެއްނުވާނެ ގިޔާ މަތްދުވަހުންއިންސާފުލިބޭނެ