Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މަޖިލީހުގައި ލިބުނު އަނިޔާތަކަށް ޝިޔާމްއަށް ފަރުވާދެނީ!

ރައްޔިތުންގެ މަޖިލީހުގައި ރޭ ބޭއްވި ޖަލްސާގައި، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އަމުރަށް އެމްޑީޕީ މެމްބަރުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްއަށް ހަމަލާ ދިނުމުގެ ސަބަބުން ޝިޔާމް އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަގެންދެއެވެ.
މިވަގުތު ޝިޔާމް އޮންނެވީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެމްޑީޕީގެ މެމްބަރުން ވަނީ ޝިޔާމް ބިންމައްޗަށް ވައްޓާލައި ޝިޔާމްގެ ހަށިކޮޅުގައި ފައިންނާއި އަތުން ތަޅާފައެވެ. އަދި މަޖިލީހުގެ ސިޑިއެއްގެ މައްޗަށްވެސް ޝިޔާމް ވައްޓާލިކަމަށް މައުލޫމާތު ލިބެއެވެ.
ޝިޔާމް އަށް ހަމަލާ ދިން މަައްސަލަ ފުލުހަށްވެސް ހުށަހަޅާފައިވާއިރު، ފުލުހުން މިހާރު ދަނީ އެ މައްސަލަ ބަލަމުންނެވެ.
ޤާނޫނު އަސާސީއަށް މިރޭ އެމްޑީޕީ އިން ބަދަލު ގެނެސްފައިވަނީ، އިދިކޮޅު މެމްބަރުންތައް މަޖިލީހުން ނެރުމަށް ފަހުގައެވެ.
މި ލިއުމާއި ގުޅޭ