އިދިކޮޅު މެމްބަރުން މަޖިލީހުން ނެރުމަށްފަހު ޤާނޫނު އަސާސީ އަށް ބަދަލު ގެންނަން ފާސްކޮށްފި

މަރިޔަމް ލީނާ 2 ޖޫން 2020 02:52
Flowers

ކައުންސިލަރުންގެ ދައުރު ދިގު ކުރެވޭގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީއަށް ބަދަލު ގެނައި އިރު، މަޖިލީހުގައި ވޯޓުލުން ކުރިއަށް ގެންދިޔައީ އިދިކޮޅު މެމްބަރުން ތަޅުމުން ނެރުމަށް ފަހު މަޖިލީހުގެ ތަޅުން ބަންދުކޮށްގެން ކަން ފާހަގަކުރެވެއެވެ. 

ކައުންސިލަރުންގެ ދައުރު ދިގު ދަންމަން ފުރަތަމަ އުޅުމުން އެމްޑީޕީގެ މެމްބަރުންގެ މެދުގައި އެކަމާއި ގުޅިގެން ހިޔާލު ތަފާތުވިއެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން އެކަމަށް ލަފައެއް ދިނުމުން މަޖިލީހުން ވަނީ ޤާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ގެނެސްފައެވެ. 

އަދި މި މުއްދަތުގައި ކައުންސިލްތަކަށް ބާރު ދިނުމަށް އިތުރު ޤާނޫނެއް ފާސްކުރަންވެސް ވަނީ ނިންމާފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ޢަފްލަ
ތިމާއައް މޮޅުގޮތް ވީމަ ތިމާ ހުންނާނީ ހަނު އޭރުން ރަނގަޅުވާނެ
ޙެހެހެހެ
ޝަރުބަތުގަ ބާރު ހުންނާނެތާ ހިއްޕަވައިގެން ވަންނަވާ ގަހުވަ ބޮއި ނައްޓުވާ