އެމްޑީޕީ މެމްބަރުން މަޖިލީސް ތަޅުމުގައި މެމްބަރު ޝިޔާމް އަށް ވަރަށް ބޮޑަށް އަނިޔާކޮށްފި

މަރިޔަމް ލީނާ 2 ޖޫން 2020 02:18
Flowers
މެމްބަރު ޝިޔާމަށް އެމްޑީޕީ މެމްބަރުން ހަމަލާ ދެނީ

ރައްޔިތުންގެ މަޖިލީހުގެ މިރޭ ކުރިއަށްދާ އަޑު އެހުމުގައި ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރު، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމުގެ ހަށިކޮޅަށް އަތްލައި ތަޅާ އަނިޔާކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިޔާމަށް ވަނީ މިކަމާއި ގުޅިގެން އެކިވަރުގެ އަނިޔާތައް ލިބިވަޑައިގެންފައެވެ. އެމްޑީޕީ މެމްބަރުން ޝިޔާމް އާއި ދިމާކޮށްލީ، މަޖިލީހުގެ ރައީސް ނަޝީދު، ޝިޔާމް ގެ ނަން އިއްވައި ބޭރުކުރުމުންނެވެ. ޝިޔާމް ބޭރުކުރުމަށް ނަން އިއްވީ މަޖިލީހުގެ ޤަވާއިދައް ހުރުމަތްތެރިކޮށް ނުހިއްތަވާކަމަށް ވިދާޅުވެއެވެ. 

ޝިޔާމް މަޖިލީހުން ނިކުންނަވަން ދެކޮޅު ހެދުމުން މަޖިލީހުގެ ރައީސް ނަޝީދު ވަނީ ވަރަށް ކޯފާ އިސްވެ ހުންނަވައި ވަގުތު ޝިޔާމް މަޖިލީހުން ނެރުމަށް އެމްޑީޕީ މެމްބަރުންނަށް އަމުރު ކުރައްވާފައެވެ. އަދި އެމްޑީޕީ މެމްބަރުން ވަނީ ޝިޔާމް ވަށާލައި ހަށިކޮޅަށް އަތްލައި ގަދަކަމުން މަޖިލީހުން ނެރެފައެވެ.

މިއީ މަޖިލީހުގެ ތާރީހުގައިވެސް އެއް ޕާޓީއެއްގެ މެމްބަރުންވެގެން އަނެއް ޕާޓީއެއްގެ މެމްބަރު މަޖިލީހުން ނެރުނު ފުރަތަމަ ފަހަރެވެ. 

މީގެ ކުރިން ނަން އިއްވުމުން މަޖިލީހުން ނިކުންނަން ދެކޮޅު ހަދާ މެމްބަރުން ނެރެނީ މަޖިލީހުގެ ސެކިއުރިޓީންނެވެ. 


ކިޔުންތެރިންގެ ހިޔާލު
ގައުމު
ރަތްޔަތުން ނޭ ހޭއަރާ މިގައުމު މިނިމެނީ ވާނުވާ ބަލަން ތިބެގެން ވާކައް ނެއް 😔😔😔😔😔😔😔😔😔😔
ދޮންމޫސަ
ނަން އިއްވާ ބޭރުވެސް ކުރަންވީ ގަވައިދުން އެކަން ކުރަން ޖެހުނީމަ. ެެއެކަމު ނެރެންޖެހޭނީ އެހެން މަޖްލިސް މެމްބަރުން އެމީހާ ދަމާކޮއްޕާފައެއް ނޫން. ނުނުކުތަސް ގަދަކަމުން ނެރެންވާނި އެކަމަށް މުސާރަ ދީފަ ތިބި މީހުން. ވެރީ ސޭޑް.
ނަށީދު
ނަށީދު އިޝާރާތް ކުރިތަން ދުށިން ބެމްބަރުންނައް ޝިޔާމް ކައިރިއަށް ދިއުމަށް. ދެން މެންބަރުން ގޮސް ޝިޔާމް ވަށާލި. ނަށީދަކި ވަރަށް އަޑިނުބައި މީހެއް
ދައްތާބޭ
މެމަބަރުންނަށް އަނިޔާކުރާ ވާހަކަ ނުދައްކާ! ޅަ ބުޅާތަކެއް ހެން މަޖުލީހުގެ ފާރުތަކުގެ މަތިނާއި ދޮތާށިމަތިން މެމްބަރުންތައް ފުލުހުނާއި ސިފައިން ލައްވާ އުކައި ދަމާ ކޫއްތައިހެދީ ކޮންބައެއް. އެއީ އިއްޔެ... ކޮބާ ހަޔާތް.....،،
ގަންޖާ
ޝިޔާމު އެތަނަށް ވަދެއިނީ ތަޅުލާފަ ހުއްޓާ ފާރުމަތިން ވަގަށް ވަދެއޭތަ ކަލޭ ތިބުނަނީ. ލަދެއްނުގަނޭ އަނގަ ގަޅނ.
ޢަހު
މިގައުމައް މިޖެހުނީ ބަލާވެރިކަން ލާދީނީ ބަޔަކު މިގައުމު ހަލާކު ކޮއްލައިފި ކެނެރީގޭ ތައްކާނުބޭ ވަގައްނަގައިފި
ގަސަމް
މިއީ ކެނެރީގޭ ނަޝީދާ އޭނާގެ ބައިގަނޑުގެ ފެންވަރަކީ.
އައްޑޫ ދޫ
ދެފަރާތުން ތަޅަމާ ވާގޮތެއްބަލަން ނަށީދަކީ ސީދާ ވަކަރުގޭ ސިކުނޑީގެ އުނިކަމެއް ހުރިމީހެއް
މުރާދުބޭ
މިހިސާބުން މިއެނގެނީ އިސްތިއުފާދެއްވި ރައީސް ނަޝީދަކީ މޮޔައެއްކަން. މިޖަލްސާ ދަންވަރު ދަޅައިގަ ބޭއްވުމުގެ އެންމެ ބޮޑުރޭވުމަކަށްވާނީ ޕީޕީއެމްގެ މެމްބަރުންނާ ތަޅާފޮޅުން. މިހާރު ރައްޔިތުންނަށް އެގެން އެބަޖެހޭ ޑްރަގް އެޑިކްޓުންނާއި ބޮޑެތި ވައްކަންތަކުގައި ބައިވެރިވެ ޙުކުމްތަންފީޡު ކޮށްފައިވާ މީހުން މަޖްލީހަށް އިންތިޚާބު ކުރީމާވާނީ ކިހިނެއްކަން. ވަނަވަރެއްނުބަލައި މިކަހަލަ ތަޅާބާޑީން ލައިގެން ސަރުކާރު ހިންގޭނެތަ؟ ނަޝީދަކީ ކަނޑައެޅިގެން މިކަހަލަ މާރާމާރީތަކަށް ހިތްވަރުދޭމީހެއް. ބޭރުޤައުމުތަކުގައި މީނާކޮށްފައި ހުންނަނީ ޤައުމުއަޅުވެތިކުރަން ކުރެވޭނެ މަސައްކަތް. ނިކަންވިސްނަވާ ދަންވަރު ދަމުނަމާދު ކުރާގަޑީގައި ހަމައިގަ ނުހުންނަވާ ރައީސް ރަގަޅުރޭވުމެއް ނުރާވާނެ. އިސްތިއުފާދެއްވާފައިވެސް މިކަލޭގެ ދުވީ ތަންތަންރޯކުރުވަމުން. މިއީ ކޮވިޑް 19އަށް ވުރެން ބޮޑަށް މިޤައުމަށް ފާކުރައްވާފައިވާ ބޮޑު ތޫފާނެއް. މިހާރުމިއޮތީފެންނަން މީނާގެ މަޤްސަދު. ދިވެހިރާއްޖޭގައި މިއިންޒަމާނަކު މިފަދަ މުޑުދާރު ޢަމަލެއްނުފެނޭ ތާރީޚުލިއުއްވަންވީ. ޤާނޫނު އަސާސީއަށް ކޮޅުފައިން އެރި ބައެއްގައިގަ ހުންނާ ކޮންސިފައެއް. ތިފެންނަނީ އެޖެންޑާ 19. އަހަރުމެން ލަދުގަނޭ ދަރިންނަށް މިފެންނަނީ ޤައުމެއް ހިންގާ އެއްބާރުކަމަށްވާ ޤާނޫނުހަދާ މަޖްލީސް މާރާމާރީ ހިންގާ ގޭންގަކަށްވެފައި. ދެންއެގެން ކިހިނެއްތޯ މިމީހުން މާރާމާރީ ހިންގާ މަރުގެ މައްސަލަތައް ބަލާނީ. އަހަރުމެންލަދުން ފިއްކަނޑައިގެންދޭ މިކަހަލަ ނޭއްގާނީ މީހުން ވެރީންގެ ނަމުގައި އިސްސަފުގައި ބާތިއްބައިގެން ދިވެހީންނޭ ކިޔައި ފަޚްރުވެރިވާން. ތާރީޚުގައިލިޔަންވީ މިނުރައްކާތެރިކަން. ކޮބާތޯ މިމީހުންގެ އަގަކީ ދިވެހިރައްޔިތުންގެ ބައިތުލްމާލުން ލައްކައިންރުފިޔާގުނާ މުސާރިދީގެން މޮޔަވެދާނެ މިކަހަކަ ޗީޕް ޕީސްއޮފް ޝިޓުންނަށް. ލަދެއްޙަޔާތެއްނެތް. މަޖްލީހުގައި ޤަވާޢިދުނޭގީ ރައީސަކަށް ކުފޫހަމަނުވާ މީހަކަށް ރައީސްކަން. ގުއިތަފާއްޔެއްގެ މައްޗަށް އަރައި ދެފައިތަޅައިގަތީމާވެސް ކަމެއްވާނެ މިކުޅިނުދެކެ. ދިވެހިރައްޔިތުން ދެކެންވީ އިސްތިއުފާދެއްވި ރައީސުގެ އެޖެންޑާ19. ވަރަށް ސަލާމް މިވީޑިއޯތައް ޤައުމަކުން ފޮހެނުލެވޭނެ. ނަޝީދުޑްރާމާކުޅެ ބޭރުޤައުމުތަކަށް ފޮނުވި ވީޑިއޯތަކާއި އަޅުވާ މިވީޑިއޯތައް. ތިއޮތީ އެމްޑީޕީގެ ޑިމޮކްރަސީ ފެންނަން. ވަރަށް ސަލާމް.