Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އެމްޑީޕީ މަޖިލިސް މެންބަރުންނަށް ޣައްސާން: ލެއާއި ލޭގެ ގުޅުން ބަދަހި!

ރައްޔިތުން މަޖިލިހުގެ އެމްޑީޕީ ބައެއް މެންބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ރައްދުދެއްވަމުން ލެއާއި ލޭގެ ގުޅުން ވަރަށް ބަދަހި ކަމުގައާއި ކުރިއަށް އޮތްތަނުގައި އެކަން ފެންނާނެ ކަމަށް ރައްޔިތުން މަޖިލިހުގެ ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލާފައިވަނީ ސިޔާސީ ނުފޫޒުން ކަމުގައާއި އެމަނިކުފާނު މިނިވަންކުރުމަށް މަސައްކަތްކުރައްވަނީ ވަރަށް ކެރިވަޑައިގެން ފާޅުގައި ކަމަށް، އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާން ވިދާޅުވުމުން، ޣައްސާނުގެ ބައްޕާފުޅު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ޖަލަށް ލެވުމުން އެކަމާ އެމަނިކުފާނު ބަސްފުޅެއް ވިދާޅުނުވީ ކީއްވެތޯ، އުގޫފާރު ދާއިރާ މެންބަރު ސުވާލު އުފެއްދެވިއެވެ.
އެސުވާލުގެ ޖަވާބުގައި ޣައްސާނު ޓުވީޓުކުރެއްވީ ސަންގު ޓީވީއަށް އެމަނިކުފާނު ދެއްވި ބަސްދީގަތުމެއްގައެވެ. އެބަސްދީގަތުމުގައި ޣައްސާން ވިދާޅުވެފައިވަނީ ރައީސް މައުމޫނާއި ރައީސް ޔާމީނާ މެދު ޚިޔާލުތަފާތުވުން އުފެދުމާއެކު އެމަނިކުފާނު މަސައްކަތްކުރެއްވީ ދެބޭފުޅުންގެ މެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރައްވައި މައްސަލަ ހައްލުކުރައްވަން ކަމުގައެވެ. އަދި އަދިވެސް އެމަނިކުފާނު ދެމިހުންނެވީ އެގޮތުގައި ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.
ރައީސް ޔާމީނު މިހާރު ޖަލަށް ލާފައިވަނީ ސިޔާސީ ނުފޫޒުން ކަމުގައި ތަކުރާރުކޮށް ޣައްސާން ވިދާޅުވިއެވެ. އެވާހަކަފުޅަށް ރައްދު ދެއްވައި މެންބަރު ވަޙީދު ވިދާޅުވީ އެހެންކަމަށް ވާނަމަ، ރައީސް އަލްއުސްތާޛު މައުމޫނާއި، ޣައްސާނުގެ ބޭބޭފުޅު ފާރިސް މައުމޫނު ވިދާޅުވާނެ ކަމަށް މެންބަރު ވަޙީދު ވިދާޅުވިއެވެ. އެބަސްފުޅަށް ރައްދު ދެއްވަމުން ޣައްސާން ވިދާޅުވީ އެކަން ކޯލިޝަން މުގުރުމުން ފެނިގެން ދާނެ ކަމަށެވެ. އަދި ކޯލިޝަން މުގުރުމަށް މާ ގިނަ ދުވަހެއް ނެތް ކަމުގައި ވިދާޅުވެ، މިހާރު މަޖިލިހުގައި ބަހުސްކުރެވުމުންދާ ފިޝަރީޒް މިނިސްޓަރު ޒަހާ ވަޙީދުގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމުގެ މައްސަލައަށް ޣައްސާން އިޝާރާތެއް ކުރެއްވިއެވެ.
އަދި އެމްޑީޕީއާއެކު ރައީސް މައުމޫނު ހައްދަވާފައިވާ ކޯލިޝަނަށް އިޝާރާތްކުރައްވައި ޣައްސާން ވިދާޅުވެފައިވަނީ އެއީ ތެލާއި ފެނުގެ ގުޅުމެއް ކަމުގައެވެ. މީގެ ކުރިންވެސް ރައީސް ޔާމީނާއި ރައީސް މައުމޫނަށް ކުޑައިމީސްކޮށް ދައުލަތުގެ ޓީވީން ދެއްކި ވީޑިޔޯއަކާ ގުޅިގެންވެސް ޣައްސާން ވިދާޅުވެފައިވަނީ ތެލާއި ފެން ފުޅިއަކަށްލައި ކިތަންމެ ވަރަކަށް ތެޅުވިޔަސް އެއް ނުވާނެ ކަމުގައެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ރައީސް އަލްއުސްތާޛު މައުމޫނާ ދެމުގައި ޚިޔާލުތަފާތުވުން ބޮޑުވެގެން ދިޔަ ދަނޑިވަޅުގައިވެސް ޣައްސާން ހުންނެވީ ރައީސް ޔާމީނުގެ އަރިހުގައެވެ. އަދި ޣައްސާން ވިދާޅުވެފައިވަނީ އެއިރުން ފެށިގެން މިއަދާ ހަމައަށްވެސް ދެބޭފުޅުންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ޙައްލުކުރެއްވުމަށް އެމަނިކުފާނު ވަޑައިގަންނަވަނީ މަސައްކަތްކުރައްވަމުންނެވެ.
ރައީސް މައުމޫނާއި ރައީސް ޔާމީން އަދި އެބޭފުޅުންގެ ޢާއިލީ ގުޅުމަށް އިޝާރާތްކުރައްވައި ޓުވީޓު ނިންމަވައިލައްވަމުން ޣައްސާން ވިދާޅުވެފައިވަނީ ލެއާއި ލޭގެ ގުޅުން ބަދަހި ކަމަށެވެ.
މި ލިއުމާއި ގުޅޭ