Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ގުޅީފަޅު ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދަނީ ރަނގަޅަށްތޯ ބެލުމަށް މަޖިލިހަށް ހުށަހަޅުއްވައިފި

ގުޅީފަޅު ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދަނީ ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް ތިމާވެށި ރައްކާތެރިކުރެވޭ އުޞޫލުންކަން ރައްޔިތުން މަޖިލިހުން ކަށަވަރުކުރުމަށް، ވިލިމާލެ ދާއިރާ މެންބަރު އަޙްމަދު އުޝާމް މަޖިލިހަށް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުން މަޖިލިހަށް އެމައްސަލަ ހުށަހަޅުއްވައި މަޖިލިސް ރައީސަށް އުޝާމު ފޮނުއްވި ސިޓީގެ ކޮޕީއެއް ހިއްސާކުރައްވަމުން އުޝާމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޤާނޫނު އަސާސީގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އިޤުތިޞާދީ ކުރިއެރުން ހޯދުމަށް ހިންގާ މަޝްރޫޢޫތައް ހިންގަންވާނީ ތިމާވެށި ރައްކާތެރިކުރެވޭ ގޮތަކަށް ކަމުގައި ކަމަށެވެ. ގުޅީފަޅު ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދަނީ އެއުޞޫލުން ކަން ރައްޔިތުން މަޖިލިހުން ކަށަވަރުކުރާނެ ކަމަށްވެސް އުޝާމު ވިދާޅުވިއެވެ.
ގާނޫނުއަސާސީގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ އިގްތިސާދީ ކުރިއެރުން ހޯދޭ މަސައްކަތްތައް ކުރަންވާނީ ތިމާވެށި ހިމާޔަތްކުރެވޭ އުސޫލުތަކެއްގެ މަތިންކަމަށް. ގުޅީފަޅު ހިއްކުމުގެ މަސައްކަތްކުރަނީ އެއުސޫލުންކަން ރައްޔިތުންގެ މަޖިލީހުން ކަށަވަރުކުރާނެ. pic.twitter.com/Kt4SnnDIcy— Ahmed Usham (@a_usham) May 31, 2020

އުޝާމު މައްސަލަ ހުށަހަޅުއްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ބިން ހިއްކުމަކީ މިހާރު ތަރައްޤީގެ ބައެއް ކަހަލަ މަސައްކަތްތައް ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ޤަބޫލުކުރައްވާ ކަމުގައެވެ. ނަމަވެސް ބިން ހިއްކުމުގެ މަސައްކަތްކުރަންވާނީ އެކަމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން އެންމެ ބޮޑަށް ކުރެވޭނެ ގޮތަކަށް ކަމުގައިވެސް އުޝާމު ފާހަގަކުރެއްވިއެވެ.
އަދި އުޝާމު އިތުރަށް ވިދާޅުވި ގޮތުގައި ގުޅީފަޅު ހިއްކުމުގެ މަސައްކަތް ފެށުމާއެކު އެކަމުގެ ސަބަބުން ވިލިމާލޭގެ ހުޅަނގު ދެކުނު ފަރާތުގެ ފަޅަށް ވަރަށް ބޮޑެތި ގެއްލުން ލިބެމުންދެއެވެ. ގުޅިފަޅު ކޮންނަން ފެށިފަހުން އެކަމުގެ ސަބަބުން އުފެދޭ ކިސަނޑު ވިލިމާލޭ ފަރުމައްޗަށް ޖަމާވަމުން އަންނަކަން ފާހަގަކުރެއްވިފައިވާ ކަމުގައިވެސް އުޝާމު ވިދާޅުވިއެވެ.
އޭގެ އިތުރަށް އެކަން އެހެންވާނެކަން ފާހަގަކޮށް، އެކަމާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ތަފާތު ފިޔަވަޅުތައް އެޅުމަށް އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައިވީ ނަމަވެސް ބޮސްކާލިސްގެ ފަރާތުން ހިއްކުމުގެ މަޝްރޫޢު ހިންގަނީ އެފިޔަވަޅުތައް ނާޅައި ކަމުގައި އުޝާމު ފާހަގަކުރެއްވިއެވެ. އަދި ސިޓީގައި އޭނާ ފާހަގަކުރެއްވި ގޮތުގައި އެގޮތަށް މަސައްކަތްކުރުމުގެ ސަބަބުން ވިލިމާލެ ފަރަށް އިއާދަނުކުރެވޭ މިންވަރުގެ ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ކަމުގެ ތަޖުރިބާކާރުން ލަފާދެއްވައެވެ.
އަދި މިކަމުގެ ސަބަބުން މާލެއާއި ވިލިމާލޭގެ ގިނަ ރައްޔިތުން ބޭނުންކުރަމުންދާ ފަރަކަށް އިއާދަނުކުރެވޭ މިންވަރުގެ ގެއްލުން ލިބޭ ކަމަށް އުޝާމު ވިދާޅުވިއެވެ. އަދި އެގެއްލުން ލިބެމުންދަނީ ޤާނޫނު އަސާސީގެ 22 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުތަކާ އެއްގޮތަށް ކަންކަން ނުކުރާތީ ކަމަށް ފާހަގަކުރައްވައި، މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީތަކުން މިމައްސަލަ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އުޝާމު އެދިވަޑައިގެންފައިވެއެވެ.
މި ލިއުމާއި ގުޅޭ