Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައީސް ސޯލިހްގެ ހިންގުންތެރިކަމެއް ނެތްކަން ސާބިތުވެއްޖެ: ޑރ.ޖަމީލު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހިންގުންތެރި ކަމެއް ނެތްކަން ސާބިތުވެއްޖެ ކަމަށް ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މިގޮތުން ޖަމީލު ވިދާޅުވީ މިހާރު ފެންނަނީ ސަޅިބައިސާ ކެނޑުމާއި ވެރި މީހާ ހުންގާނުގައި ނުހިފާ ފަހަތަށް ޖެހޭތަން ކަމަށެވެ. އަދި ރައީސް ސޯލިހްގެ ހިންގުންތެރިކަން ނެތްކަން ސާބިތުވެއްޖެކަމަށް ޑރ.ޖަމީލު ވިދާޅުވިއެވެ.
"ލޮކްޑައުންގައި ޤައުމުތަކުން ނަތީޖާ ނެރުނު އިރު، އޭޕްރިލް 15 އިން ފެށިގެން ރާއްޖޭގެ ހާލަތު މިދަނީ ކޮންމެ ދުވަހަކު ދަށަށް." ޑރ.ޖަމީލު ވިދާޅުވިއެވެ.
ކޮވިޑު-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ބޮޑެތި ގެއްލުންތައް ވަމުންދާއިރު، ސަރުކާރަށް ވަނީ އެކަންކަން ހައްލު ކުރުމަށް ނުކުޅެދިފައެވެ. އަދި މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިއީ އިޤްތިސާދީ ކަމެއް ނޫންކަމަށާއި ބަލި މަޑުކަމެއް ކަމަށާއި ބޭންކުތަކުގައި ވެސް މީހުން އަތުގައިވެސް ފައިސާ އެބަހުރި ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މިހާރު ދިވެހިރާއްޖެއަށް ވަނީ ދުވަހަކަުވެސް ކުރިމަތިނުވާ ފަދަ އިޤްތިސާދީ ދަތިކަމަކާއި ކުރިމަތިވެފައެވެ.
މި ލިއުމާއި ގުޅޭ