Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ބޯކޮށް ވިއްސާރަކުރުމުގެ ސަބަބުން 1.4 މިލިއަން ރުފިޔާގެ ގެއްލުން މާލެއަށް ލިބުނު: މޭޔަރު

ހުޅަނގު މޫސުން ފެށުމާއެކު ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން މާލެއަށް 1.4 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ވިދާޅުވެއްޖެއެވެ.
ހުކުރުދުވަހުގެ ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށް ގެންދިޔަ ނޫސްވެރިން ބައްދަލުވުމުގައި މާލެ ސިޓީ މޭޔަރު ޝިފާ ވިދާޅުވެފައިވަނީ މިމަހު ބޯކޮށް ވިއްސާރަކޮށް ވާރޭ ވެހި ވައިގަދަވުމުގެ ސަބަބުން މާލެއަށް 1.4 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމުގައެވެ.
ހުޅަނގު މޫސުން ފެށުމާއެކު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޮޑެތި ގެއްލުން ލިބިފައިވެއެވެ. އެގޮތުން ގެދޮރުގެ ތެރެއަށް ފެންވަދެ ގޭގެ ފަރުނީޗަރާއި ހިފައި ގެންގުޅޭ ސާމާނު ހަލާކުވެފައިވެއެވެ. އަދި މަގުތައް މަތީހުރި ބޮޑެތި ގަސްތައް ވަޔާއެކު ވެއްޓި، ބައެއް ގޭގެ ފުރާޅު ހަލާކުވެ އެކި މިންވަރުގެ ގެއްލުންތައް ލިބިފައިވާ ކަން ފާހަގަކުރެވިއެވެ.
މާލޭގައިވެސް އެކި ސަރަހައްދުތަކުގައި ހުރި ބޮޑެތި ގަސްތައް ވެއްޓިފައިވެއެވެ. އަދި ޕާކުތައް ފަދަ ތަންތަނަށް ބޮޑެތި ގެއްލުން ލިބިފައިވެއެވެ. ޚާއްޞަކޮށް "ރަސްފަންނަށް" ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަން ފާހަގަކުރވެއެވެ.
ކޮވިޑް-19 ވަބާ މާލޭގައި ފެތުރުން ހަންމަތަކުރުމަށް ސަރުކާރުން އިޢުލާނުކޮށްފައިވާ ފުރަބަންދަށް ލުއިތަކެއް ދީ، މަރުހަލާތަކަކަށް ބަހާލައިގެން ދޫތަކެއް ދެމުންދިޔަ ނަމަވެސް ފުރަތަމަ މަރުހަލާގައި މާލޭގެ ޕާކުތައް ހުޅުވުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމުގައި މޭޔަރު ޝިފާ ހާމަކުރެއްވިއެވެ.
އެހެންނަމަވެސް މިވަގުތު ޕާކުތައް ސާފުކޮށް ހުޅުވުމަށް ތައްޔާރުކުރަމުންދާ ކަމުގައާއި ޙާލަތު ރަނގަޅުވާ މިންވަރަކުން ޕާކުތައް ހުޅުވައިލާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ