Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މަޖިލިސް ބޭއްވޭނަމަ މިސްކިތް ނުހުޅުވޭނެ ސަބަބެއް ނެތް: ޑރ.ޖަމީލު

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ބޭއްވޭނަމަ މިސްކިތްތައް ނުހުޅުވޭނެ ސަބަބެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް. ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. މިގޮތުން ޖަމީލު ވިދާޅުވީ، މިހާރު މިފެންނަނީ ހަރުދަނާ ސިޔާސަތެއް ނެތުމުގެ ނަތީޖާކަމަށެވެ. އަދި ބާރު ހުރި މީހުންނަށް ވަކި ގޮތެއް، ރައްޔިތުންނަށް ވަކިގޮތެއް ހަދަމުންދާތަން ފެންނަކަމަށެވެ. ޑރ.ޖަމީލު ވިދާޅުވީ މަޖިލިސް ބޭއްވޭނަމަ މިސްކިތް ނުހުޅުވެންވީ ސަބަބެއް ނެތްކަމަށެވެ. އަދި މިހާރުން މިހާރަށް މިސްކިތްތައް ހުޅުވާލަން ޑރ.ޖަމީލު ގޮވާލެއްވިއެވެ.
މީގެ އިތުރުން ޑރ.ޖަމީލު ވަނީ ކޮވިޑު-19 އާއި ގުޅިގެން ސަރުކާރުން ހަރަދުކުރަމުންދާ ގޮތާއި މެދު ވެސް ފާޑުވިދާޅުވެފައެވެ. މިގޮތުން، މިލިއަނުން ކުރި ހޭދައަށް ލިބުނީ ކޯޗެއްތޯ ޖަމީލު ސުވާލު ކުރެއްވިއެވެ.
"މިލިއަނުން ކުރި ހޭދައަށް ލިބުނީ ކޯޗެއް؟ ޕޮޒިޓިވް ވާ ވަރު އިތުރުވުން؟" ޖަމީލު ސުވާލު ކުރައްވާފައިވެއެވެ.
ޑރ.ޖަމީލު ވިދާޅުވީ މި ބިޔަ ކޮރަޕްޝަންގައި ވަޒީރުންގެ އިހުމާލުން ގެއްލުނު ފުރާނަ، ބަލި މިގޮތަށް ފެތުރިގެން ދިޔުން، މިއީ ރައްޔިތުންގެ ހައްޤުގައި ތަހްގީގު ކުރަންޖެހޭ ކަންކަން ކަމަށެވެ. އަދި އެ ކަންކަން ތަހުގީގު ކުރެވި އެކަމުގެ ބައިވެރިން އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ޑރ.ޖަމީލު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ