Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ފުލުހުންނަށް އިތުރު ބާރު ލިބެންޖެހޭ: ހަމީދު

މިހާރަށްވުރެ އިތުރު ބާރު ފުލުހުންނަށް ލިބެންޖެހޭ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މުހައްމަދު ހަމީދު މިހެން ވިދާޅުވީ ރޭ ޕީއެސްއެމް ގައި ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. މިގޮތުން މުހައްމަދު ހަމީދު ވިދާޅުވީ، ކުށްކުރާ ފަރާތްތަކުގެ ނުރައްކާތެރިކަމާއި އަނިޔާވެރިކަމަށް ބަލާއިރު، ކަރަންޓު ޝޮކުދޭ ބަޑި ބޭނުން ކުރަން ޖެހޭ ކަމަށް ޤަބޫލު ކުރައްވާކަމަށެވެ.
ހަމީދު ވިދާޅުވީ އެކަން ކުރިއަށް ގެންދަވާނީ ހުރިހާ ފަރާތްތަކުގެވެސް ވިސްނުމާއި މަޝްވަރާ އާއި އެކީގައި ކަމަށެވެ.
"އުއްމީދަކީ ހުރިހާ ފަރާތެއްގެ މަޝްވަރާއާ އެކު ކުރިއަށްދެވުން. އޭގެ އިތުރުން މުޖުތަމައުގެ ރައްކާތެރިކަން ދެމެހެއްޓުމަކަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މި ކަމަކީ ވެސް ބޭނުންތެރި ޓޫލެއް. މި އޮޕްޝަން ބޭނުންކުރަން ވިސްނުން ހުރީ،" ހަމީދު ވިދާޅުވިއެވެ.
ކަރަންޓު ބަޑި ބޭނުން ކުރާ ވިޑިއޯތަކެއް ފުލުހުން މިދިޔަ ހަފްތާގައި އާންމު ކުރުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކަންބޮޑުވުން ފާޅުކުރި ފަރާތްތަކުގެ ތެރޭގައި ވެރިކަން ކުރާ އެމްޑީޕީގެ މަޖިލިސް މެމްބަރުންވެސް ހިމެނެއެވެ.
މިކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ، ކަރަންޓު ބަޑި ބޭނުން ކުރުމުގައި، އާންމުގެންގެ ކަންބޮޑުވުން އޮތީ މީގެ ކުރިން ސިޔާސީ ހަރަކާތްތަކާއި އެފަދަ އެއްވުންތައް ރޫޅާލުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ކަމަށެވެ. ހަމީދު ވިދާޅުވީ އެ ބަޑިއަކީ ގިނަ ބަޔަކު އެއްވެ އުޅޭއިރު ބޭނުންކުރާ އެއްޗެއް ނޫންކަން ފާހަގަކުރައްވާފައެވެ.
ހަމީދު ވިދާޅުވި ގޮތުގައި އެ ބަޑި ބޭނުން ކުރާނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ވަކި ފަރުދުންނަށް، ނުވަތަ ފުލުހުންގެ ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާއެއް ލިބިދާނެ ކަމަށް ޤަބޫލު ކުރެވޭ ހާލަތުގައި ކަމަށެވެ.
މި ބަޑި އާއި މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، މިއަހަރުގެ ކުރީ ކޮޅުވެސް ފުލުހުން މީހެއްގެ ގައިގައި ވަރަށް އަނިޔާވެރިކޮށް ތަޅާ މަންޒަރު ވަނީ މީސްމީޑިއާގައި ލީކުވެފައެވެ. އަދި އެކަން ކުރި ފަރާތްތަކާއި މެދުވެސް ފުލުހުން ފިޔަވަޅު އަޅާފައި ނުވާއިރު ބައެއްފަހަރު ފުރާނައަށްވެސް ގެއްލުން ކުރެވިދާނެ ފަދަ ހަތިޔާރެއް ފުލުހުންނަށް ދިނުމާއި ވަރަށް ގިނަ ބަޔަކު ދަނީ ދެކޮޅު ހަދަމުންނެވެ.
ފުލުހުންނަށް މި ބަޑި ދިނުމާއި މެދު ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ދިރާސާތަކެއް ކުރުމަށް ނިންމާފައެވެ.
މި ލިއުމާއި ގުޅޭ