އެމެރިކާއިން 26 އަހަރަށް ފަހު ނިއުކުލިއަރ ޓެސްޓެއް ކުރަން މަޝްވަރާކޮށްފި

މަރިޔަމް ލީނާ 23 މޭ 2020 18:43
Flowers
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާއިން 27 އަހަރަށް ފަހު، އަލުން ނިއުކުލިއަރ ޓެސްޓުތަަކެއް ކުރަން މަޝްވަރާކޮށްފިއެވެ.

އެންމެ ފަހުން ނިއުކުލިއަރ ޓެސްޓު ކުރަން އެމެރިކާއިން ބޮމެއް ގޮއްވާފައި ވަނީ 1992 ވަނަ އަހަރުގައެވެ. އެމެރިކާ އިން މިފަދަ ޓެސްޓުތަކެއް ކުރުމަށް މަޝްވަރާ ކުރިކަން ރިޕޯޓުކޮށްފައިވަނީ އެ ޤައުމުގެ ނޫހެއްކަމަށްވާ ވޮޝިންޓަން ޕޯސްޓްގައެވެ.

އަދި މިފަދަ މަޝްވަރާތަކެއް ކޮށްފައިވަނީ، އެމެރިކާގެ ސަލާމަތާ ބެހޭ އޭޖެންސީތަކުގެ މެދުގައި ބޭއްވި މަޝްވަރާތަކެއްގައި ޗައިނާ އަދި ރަޝިޔާއިން މިފަދަ ޓެސްޓުތަކެއް ކުރާކަމަށް އެމެރިކާގެ ސަރުކާރުން ބުނުމުންނެވެ.

މި މަޝްވަރާ ކުރިނަމަވެސް، މިފަދަ ޓެސްޓު ތަކެއް ކުރުމަށް އަދި ނިންމާފައި ނުވެއެވެ. ނަމަވެސް ޗައިނާ އާއި ރަޝިޔާ ގެ ފަރާތުން ކުރިމަތިވާ ނުރައްކަލަށް ތައްޔާރުވުމާއި ގުޅޭ ގޮތުން ކަންތައްތަކެއް ނިންމުނު ކަމަށްވެއެވެ.

ނިއުކުލިއަރ ހަތިޔާރު މިވަގުތު ހުރީ 9 ޤައުމެއްގައެވެ. އެއީ އެމެރިކާ، ރަޝިއާ، އިނގިރޭސިވިލާތް، ފްރާންސް، ޗައިނާ، އިންޑިއާ، ޕާކިސްތާން، ނޯތު ކޮރެއާ އަދި އިޒްރޭލެވެ.

ހަނގުރާމައެއްގައި ނިއުކުލިއަރ ހަތިޔާރު ބޭނުންކޮށްފައިވަނީ އަދި އެންމެ ދެފަހަރެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމާގައި އެމެރިކާއިން ޖަޕާނުގެ ހިރޮޝިމާ އަދި ނަގަސާކީއަށް ވައްޓާލީ ދެ އެޓޮމިކް ބޮމެވެ. 

ކިޔުންތެރިންގެ ހިޔާލު