އަނެއްކާވެސް ރައީސް ޔާމީން އާއި ގުޅޭ އާ ވާހަކަތަކެއް!

އެޑިޓަރު 22 މޭ 2020 21:24
Flowers
ކުރީގެ ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއި ގުޅޭ އާ ވާހަކަތަކެއް އެމަނިކުފާނުގެ ދައުރުގައި ޗީފް އޮފް ސްޓާފްކަން ކުރެއްވި އަހްމަދު މުސްތަފާ ހާމަ ކުރައްވައިފިއެވެ.

މީގެ ކުރިންވެސް މުސްތަފާ ވަނީ ރައީސް ޔާމީން ގެންގުޅުއްވި ބައެއް އުސޫލުތަކާއި، ރައީސް ޔާމީން އާއި އެކު ކުރެވުނު ބައެއް ތަޖުރިބާތައް ފޭސްބުކްގައި ހިއްސާކުރައްވާފައެވެ. ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މުސްތަފާވަނީ ރައީސް ޔާމީން ގަޑިއަށް ފަރުވާތެރިވެވަޑައިގަންނަވާ މިންވަރު ބަޔާންކޮށްދެއްވާފައެވެ.

މިގޮތުން މުސްތަފާ ވިދާޅުވެފައިވަނީ، ރައީސް ޔާމީން އަކީ ހަރުދަނާ އުސޫލުތަކެއް އަމިއްލަފުޅަށް ގެންގުޅުއްވާ ބޭފުޅެއް ކަމަށާއި، އަރިހުގައި މަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުންވެސް އެގޮތަށް އަމަލު ކުރުމަށް އިރުޝާދުދެއްވި ކަމަށެވެ. މިގޮތުން 2014 ވަނަ އަހަރު، ބޭއްވި ކެބިނެޓު ބައްދަލުވުމެއްގައި، ފުރަތަމަ ފަހަރަށް 2 ވަޒީރަކު ގަޑި ޖެހުނު ކަމަށް މުސްތަފާވިދާޅުވިއެވެ.

"ރައީސް ޔާމީން 5 މިނިޓު މަޑު ކުރެއްވި. އެއަށްފަހު އެންގެވީ ޗެމްބަރު ބަންދުވީކަމަށް" މުސްތަފާ ވިދާޅުވިއެވެ.

އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ހެލްތު މިނިސްޓަރު ޝަކީލާއަށް ވަޑައިގަނެވުނީ ލަހުންނެވެ. އަދި ލަހުން ވަޑައިގެން ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ރައީސް ޔާމީން ނުދެއްވިއެވެ.

މުސްތަފާ ވިދާޅުވި ގޮތުގައި އެ ދުވަހުން ފެށިގެން ރައީސް ޔާމީންގެ ވެރިކަން ނިމެންދެން ދުވަހަކުވެސް ކެބިނެޓު މިނިސްޓަރަކު ކެބިނެޓު ބައްދަލުވުމަކަށް ގަޑިޖެހިފައި ނުވާކަމަށެވެ. އަދި ބައްދަލުވުމަށް ހާޒިރު ނުވާނަމަ، ރަސްމީކޮށް ލިޔުމުން އެކަން އަންގަން ޖެހޭކަމަށެވެ. 

އަދި ރައީސް ޔާމީން އަމިއްލަފުޅަށްވެސް ދުވަހަކުވެސް ކެބިނެޓު ބައްދަލުވުމަކަށް ގަޑިޖެހިފައި ނުވާކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި އެއްދުވަހު މިނިސްޓަރެއް އަރިހު ގަޑިއަށް ފަރުވާތެރިވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ގަޑިއަށް ފަރުވާތެރި ނުވެވޭނަމަ މިނިސްޓްރީއެއް ހިންގުމުގެ ޤާބިލުކަމެއް ނުހުންނާނެކަމަށް ވިދާޅުވެފައެވެ. އަދި ލިބިފައިވާ ސެޓުފިކެޓުތަކާއި ގްރޭޑު ތަކަކީ ހުސް ގަނޑުތަކަކާއި ނަންމަބަރު ތަކެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މުސްތަފާ ވަނީ ސެލްފީ އާއި ފޮޓޯ ނެގުމާއި ގުޅޭގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކައެއް ހިއްސާ ކުރައްވާފައެވެ. މިގޮތުން ގިނަގިނައިން ސެލްފީ އާއި ފޮޓޯ ނުނަންގަވަނީ ކީއްވެތޯ ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވީ، ސެލްފީ ނަންގަވަން ވަގުތު ނުވަނީ، ރައްޔިތުން ސެލްފީ ނަގަން ބްރިޖާއި އެއާޕޯޓު ފަދަ ތަންތަން އެޅުއްވުމުގައި ބުރަކޮށް އުޅުއްވާތީ ކަމަށެވެ. 

"ރައީސް ޔާމީން، އެމަނިކުފާނު ބިނާކުރެއްވި ބްރިޖުގައި ސެލްފީއެއް ނަގާފައި ނުހުރެދާނެ، އެކަމަކު، އެތައް ހާސް ދިވެހިން އެ ބްރިޖުގައި ވަނީ ސެލްފީ ނަގާފަ، އަދި ދަނީ ނަގަމުން. އަދި ރައީސް ޔާމީން ހާސިލުކޮށްދިން އެހެނިހެން ކަންކަމާއި އެކު ދިވެހިން މީގެ އެތައް ޒަމާނެއް ފަހުން ރައީސް ޔާމީން ނެތް ދުނިޔެއެއްގައި ވެސް ފޮޓޯ ނަގާނެ" މުސްތަފާ ވިދާޅުވިއެވެ.

އަދި މުސްތަފާ ވިދާޅުވީ ރައީސް ޔާމީނު މުޅިންވެސް އަމާޒު ކުރެއްވީ ޤައުމު ބިނާ ކުރެއްވުމަށްކަމަށެވެ. 

ރައީސް ޔާމީން ވެރިކަމުގައި 5 އަހަރު ހޭދަކުރެއްވި އިރު، ނިސްބަތުން ނަގާފައިވަނީ ވަރަށް މަދު ފޮޓޯ އެކެވެ.

ކިޔުންތެރިންގެ ހިޔާލު
ދދދދ
ރައީސް ޔާމީނަކީ ތަފާތު ޝަޚްޞިއްޔަތެއް. ދެއްކުންތެރިކަމެއް ނެތް ވަރަށް ސާދާ ބޭފުޅެއް. ހެޑްލައިން ހޯއްދަވަން އެއްގޮތަކަށްވެސް ނޫޅުއްވާ.
މުހައްމަދު.
ރަގަޅު ރައިީސް ޔާމީން އަކީ މި ގައުމުދުއް އެއްމެ ވަރުގަދަ ސަހުސިީއްޔަތު.
ޢިބުރޭ
ދެރައީ ޖަލުގަ އޮތީމަ
އަލިބެ
ރައީސް ޔާމީން އެއީ ނަމްބަރ 1 (އެކެއް)އިންޝާﷲ ދިވެހި ރާއްޖޭގެ ވެރި ކަމުގައި އަދި ރަނގަޅު ޚިދުމަތް ތަކެއް ކޮއްދެއްވާނެ އެއީ ހަރުދަނާ ޝަޚްޞިއްޔަތެއް އެއީ ދިވެހިން ފަޚުރްވެރިވާނެ ރައީސެއް. އެއީ މި ކުޑަކުޑަ ދިވެހިރާއް އިންޑިޔާ ކަނޑުގައި އޮވެގެން މޯދީމެންނަށް ގޮންޖަހާލެވޭ ވަރުގެ ލީޑަރެއް ކަން ޚޮދު މޯދީގެ އަމަލު ތަކުން ވަނީ ދައްކަދީފަ
އަލިބެ
ރައީސް ޔާމީން އެއީ ނަމްބަރ 1 (އެކެއް)އިންޝާﷲ ދިވެހި ރާއްޖޭގެ ވެރި ކަމުގައި އަދި ރަނގަޅު ޚިދުމަތް ތަކެއް ކޮއްދެއްވާނެ އެއީ ހަރުދަނާ ޝަޚްޞިއްޔަތެއް އެއީ ދިވެހިން ފަޚުރްވެރިވާނެ ރައީސެއް. އެއީ މި ކުޑަކުޑަ ދިވެހިރާއް އިންޑިޔާ ކަނޑުގައި އޮވެގެން މޯދީމެންނަށް ގޮންޖަހާލެވޭ ވަރުގެ ލީޑަރެއް ކަން ޚޮދު މޯދީގެ އަމަލު ތަކުން ވަނީ ދައްކަދީފަ
ޙަސަންފުތު
ދެރައީ ބިޔަބޮޑު ވަގަކައް ވީމަ
ޥަޙީދުބެ
ހިންގުންތެރި ހަރުދަނާ ބޭފުޅެއް
ޒީޔަޒަނ
ރައިސް ޔާމީން މިނިވަން ކުރުމަށް ގޮވާލަނ
މުޙައްމަދު
ރާއީސް ޔާމިނުގެ ވެރިކަންމައްވުރެ ހޮޔޮވެރިކަމެއް އަހުރެން ނުދެކެން. އެމަނިކުފާނައް ހެޔޮދުޢާ ސަލާމް
އައި
ދެރައީ ބޮޑެތި ވަގުން ފައިސާ ކޮޅު ދަވާލާފަ އެފަރާތް ތައް ހިމާޔަތް ކޮއްފަ ކުށެއް ނެތް މީހާ ޖަލުގަ އޮތުން މިއަދު މި އޮތީ ދައްޖާލި ޒަމް......
ހަސަން
ރައީސް ޔާމީން ކެބިނެޓް މީޓިން ބާއްވާތަ. 5 އަހަރުތެރޭ 5 މީޓިންވެސް ބޭއްވިކަމެއް ނޭގެ..ގައުމަށް ބޭކާރުވި 5 އަހަރު
ާައސ
ވަގަކަށް ވިޔަސް ޔާމީން ވަރެއް ނެތްތާ ދޯ☺