Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ބޭސް ބޭނުން ކުރުމުން ކޮވިޑު-19 ބަލި މީހުން މަރުވުމުގެ ފުރުސަތު ބޮޑު: ދިރާސާ

ކޮވިޑް ބަޔަށް ފަރުވާ ކުރަން އެންމެ ރަނގަޅުކަމަށް އިންޑިއާއިން ބުނާ އެ ގައުމުގެ އުފެއްދުމެއް ކަމަށްވާ ހައިޑްރޮކްސީކްލޮރޯކްއީން (އެޗްސީކިއު) ބޭނުން ކުރުމުން ކޮވިޑު-19 ބަލި މީހުން މަރުވުމުގެ ފުރުސަތު ބޮޑު ކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.
މިގޮތުން މެޑިކަލް ޖާނަލްއެއް ކަމަށްވާ "ދަ ލާންސްލެޓް" ގައި ބުނެފައިވާ ގޮތުން އެޗްސީކިއު ބޭނުން ކުރުމުން، ކޮވިޑު-19 ބަލި މީހުން މަރުވާ ނިސްބަތާއި ހިތުގެ މައްސަލަތައް ޖެހޭ މިންވަރު އިތުރުވާކަމަށެވެ. އަދި ކޮވިޑު-19 ބަލި މީހުން އެ ބޭސް އެއްގޮތަކަށް ވެސް ބޭނުން ނުކުރުމަށް އެ ދިރާސާ ހެދި ފަރާތްތަކުން ވަނީ ލަފާދީފައެވެ.
މިބޭހަކީ ކޮވިޑު-19 އަށް ފަރުވާ ކުރެވޭ ބޭހެއް ކަމަށް އެންމެ ފުރަތަމަ ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ. ތަކުރާރުކޮށް އެމެރިކާގެ ސިއްހީ މާހިރުން އެ ބޭސް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ބުނަމުން ދިޔަ ނަމަވެސް ޓްރަމްޕް ވަނީ އެ ބޭސް ޕްރޮމޯޓުކޮށްފައެވެ. އަދި މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕްވަނީ ކޮންމެ ދުވަހަކުވެސް އެ ބޭސް ބޭނުން ކުރާ ކަމަށާއި އެއްވެސް ގެއްލުމެއް ނުވާކަމަށް ބުނެފައެވެ.
ލާންސްލެޓް ޖާނަލްގައި ޝާއިރު ކޮށްފައިވާ ދިރާސާއަކީ، މި ބޭސް ބޭނުންކޮށްގެން މިހާތަނަށް ހެދުނު އެންމެ ބޮޑު ދިރާސާއެވެ. ކޮވިޑު-19 އަށް އެ ބޭހުގެ ސަބަބުން އެއްވެސް ފަރުވާ އެއް ނުލިބޭ ކަމަށް ދިރާސާއިން ހޯދިފައިވާއިރު، އެ ބޭހުން ގެއްލުން ލިބޭކަންވެސް ދިރާސާއިން ވަނީ ހޯދިފައެވެ.
ދިވެހިރާއްޖެއިން ވަނީ އިންޑިއާ މެދުވެރިކޮށް މިބޭހުގެ 50،000 ގުޅަ މިދިޔަ މަހުގެ ފަހުކޮޅު ހޯދާފައެވެ. ނަމަވެސް މި ބޭސް މިހާތަނަށް ކޮވިޑު ބަލީގެ އެއްވެސް މީހަކަށް ރާއްޖޭގައި ދިންް ކަން އެނގިފައި ނެތެވެ. ސަރުކާރުން ވިދާޅުވެފައި ވަނީ އެބޭސް ބޭނުން ކުރާނީ ސިއްޙީ މާހިރުންގެ ލަފައާއި އެއްގޮތަށް ކަމަށެވެ.
މި ލިއުމާއި ގުޅޭ