ރައީސް ޔާމީނުގެ އުފަންދުވަހުގެ ތަހުނިޔާގެ ޓުވީޓުތައް ރައީސް ނަޝީދު ރިޓުވީޓު ކުރައްވައިފި

މަރިޔަމް ލީނާ 21 މޭ 2020 23:55
Flowers
ރައީސް ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އުފަންދުވަހުގެ މުނާސަބަތުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ބައެއް ލީޑަރުން ކުރެއްވި ޓުވީޓުތައް ރައީސް ނަޝީދު ރިޓުވީޓު ކުރައްވައިފިއެވެ.

މިގޮތުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ކުރެއްވި ޓުވީޓަކާއި، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ކުރެއްވި ޓުވީޓުތައް ރައީސް ނަޝީދު ވަނީ ރިޓުވީޓު ކުރައްވާފައެވެ. 

މިގޮތުން ރައްޔިތުންގެ ހާލަތަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދެއްވި ދިވެހި ތާރީހު ރަން އަކުރުން ފަވާނެ ހިދުމަތްތެރި ރައީސްއަށް އުފަންދުވަހު ތަހުނިޔާ އަރިސް ކުރާ ކަމަށާއި، ރައީސް ޔާމީނަށް އިންސާފު ނުލިބި ނުހައްޤުން ޖަލުގައި ހުންނެވުމަކީ ދިވެހި ޤައުމަށް ލިބިގެންދިޔަ ބޮޑުހިތާމައެއް ކަމަށް ވިދާޅުވެ ސައީދު ކުރެއްވި ޓުވީޓު ރައީސް ނަޝީދު ވަނީ ރިޓުވީޓު ކުރައްވާފައެވެ. 

މީގެ އިތުރުން ރައީސް ޔާމީނާއި ގުޅޭ ގޮތުން ޝިޔާމްް ލިޔުއްވި ޅެން ބައިތެއްވެސް ރައީސް ނަޝީދު ވަނީ ރިިޓުވީޓު ކުރައްވާފައެވެ.

މީގެ ކުރިން ދުވަހަކުވެސް ރައީސް ޔާމީނަށް ތާއީދުކޮށް ލިޔެފައި ހުންނަ އެއްވެސް ޓުވީޓެއް ރައީސް ނަޝީދު ރިޓުވީޓު ކުރައްވާފައި ނުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
މިރުސް
ހަގީގަތް ކޮންމެމީހަކުވެސް ގަބޫލުކުރާނެ ބޭއިޚްތިޔާރުގައިވެސް އެކުރެއްވީ ރަގަޅުކަމެއް އަދި މިސަރުކާރުން މިކުރާކަންތައް ކަމުނުދާ ކަން ރައީސް ނަޝީދައްވެސް ގަބޫލުކުރެވުނީ މިހާރު ނަޝީދުއަށްވެސް އަދި މިގައުމަށްވެސް އެންމެރަގަޅުވާނީ ރައީސް ޔާމީންކަހަލަ ހަރުދަނާލީޑަރަކާއި އެކުކުރިއަށް ދިއުން
ނުރަބޯ
ޔަހޫދީންގެ އުޞޫލު، އެއްއަތުން އަނިޔާ ކުރަމުން އަނެއް އަތުން ޒައިތޫނި ފަތްކޯޅި ދިއްކުރުން. ހަގީގަތުގައި އެއީ ވެސް ރައީސް ޔާމީނަށް ކުރި ފުރައްސާރައެއް.