ރައީސް ޔާމީން ހަމަ "އަނިޔާވެރީ"އެވެ.

އެޑިޓަރު 21 މޭ 2020 20:19
Flowers
ރައީސް ޔާމީން. ފޮޓޯ:ރައީސް އޮފީސް
ތާރީޚު ލިޔަނީ ކަންކަން ކާމިޔާބުކުރާ މީހުން، އެބަޔަކު އެދޭ ގޮތަށް، އެބައަކަށް ފެންނަ މަންޒޫރުން (ޕާސްޕެކްޓިވުން) ކަމުގައި އިނގިރޭސި މުހާވިރާއެއްގައި އޮވެއެވެ. އެހެންވެއްޖެނަމަ، ދިވެހިރާއްޖޭގެ ފަހުގެ ތާރީޚު ލިޔާ ބަޔަކު ލިޔާނީ، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނަކީ "އަނިޔާވެރިއެއް" ކަމުގައެވެ. ނަމަވެސް ރައީސް ޔާމީނުގެ ޙަޔާތްޕުޅުން އަހަރެއް ފުރިހަަމަވެ އައު އަހަރެއް ފެށޭ މިއަދަކީ އެމަނިކުފާނު މިއަދު ހުންނެވި ޙާލާއި އިއްޔެގެ މާޒީއާމެދު ވިސްނައިލުން މުނާސަބު ރަނގަޅު ދުވަހެކެވެ. 

ރައީސް ޔާމީނުގެ މައްޗަށް ކުރިމިނިލް ކޯޓުން ޖަލު ހުކުމެއް އިއްވައިފިއެވެ. އެމަނިކުފާނަށް ތާއީދުކުރާ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި، އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނާއި އަދި އެމަނިކުފާނުގެ ޤިޔާދަތުގެ ދަށުގައި އޮތް ދެ ޕާޓީ ޕީޕީއެމްއާއި ޕީއެންސީންވެސް ބުނަމުން ދަނީ އެއީ، ސިޔާސީ ނުފޫޒު ފޯރުވައިގެން ކުރި ހުކުމެއް ކަމުގައެވެ. ނަމަވެސް ހުކުމާއެކު އެމަނިކުފާނު ޖަލަށް ވަޑައިގެންފިއެވެ. ޖަލުގައި ހުންނަވާތާ 6 މަސް ފާއިތުވީއެވެ. ބަރަކާތްތެރި ރަމަޟާން މަސްވެސް މިއޮއްގެން ނިމެނީ އެމަނިކުފާނު ޖަލުގައި ހުންނަވަނިކޮށެވެ. އުފަންދުވަސް ވެސް ހޭދަކުރެއްވީ ޢާއިލާއާ ދުރުގައި ހުރަގޭގައެވެ. 

ރައީސް ޔާމީން ވެރިކަމުގައިވެސް ވަރަށް ގިނަ ސިޔާސީ ބޭފުޅުން ޖަލަށް ލެވުނެވެ. އެބޭފުޅުން ޖަލަށް ވަޑައިގަތީ އެމަނިކުފާނެކޭ އެއްގޮތަށް، ކުރިމިނަލް ކޯޓުން ކުރި ހުކުމުތަކެއް ތަންފީޒުކުރުމަށެވެ. އެއިރު އެބޭފުޅުންނަށް ތާއީދުކުރި ރައްޔިތުންވެސް އެޝަރީޢަތްތަކާއި އެހުކުމްތައް ބަލައިނުގަނެއެވެ. އެއީ ސިޔާސީ ހުކުމްތަކެއް ކަމުގައި ބުނެ އަޑު އުފުލައި އިހުތިޖާޖުކޮށް މުޒާހަރާކޮށް ހެދިއެވެ. 

ޖަލަށް އެބޭފުޅަކު ވަޑައިގަތުމުން އެންމެ ގިނަ ބައެއްގެ ހިތްތަކަށް މޮޅިވެރިކަން ގެނުވީ ރައީސް ނަޝީދު ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުންނެވެ. ނަމަވެސް ރައީސް ނަޝީދު ޖަލަށް ވަޑައިގެން ޖަލުގައި ހުންނެވުމަށްފަހު ގެއަށް ރައީސް ޔާމީނުގެ ވެރިކަމުގައި ބަދަލުކުރިއެވެ. ފުރަތަމަ ގެއަށް ގެނައީ ވަގުތީ ގޮތުންނެވެ. އެގޮތަށް ގެންނަވައި ގޭގައި 2 މަސް ދުވަސް ހުންނެވިއެވެ. އެއަށްފަހު ގޭގައި ހުންނެވި ހުންނެވުން ޝަރުޠުތަކެއްގެ މަތިން ދާއިމީކޮށްދެއްވިއެވެ. މިއޮތީ އެދުވަހު ނޫހެއްގައި ރައީސް ނަޝީދު ގެއަށް ބަދަލުކުރެވުނު ޚަބަރެވެ. އެހެންނަމަވެސް ރައީސް ޔާމީން ހަމަ "އަނިޔާވެރީ"އެވެ. 

ދެން ރައީސް ނަޝީދު އާލާސްކަންފުޅު ބޮޑުވެ، އެމަނިކުފާނުގެ ބުރަކަށިފުޅުގައި ރިއްސާތީ އޮޕަރޭޝަނެއް ކުރައްވަން ބޭރަށް ވަޑައިގަންނަވަން ޖެހިވަޑައިގަނެގެން އެކަމުގެ އިޒުނައަށް އެދިވަޑައިގަތެވެ. ރައީސް ނަޝީދު އެކަމަށް އެދިވަޑައިގެން ފޮނުއްވި ސިޓީ ދެކެވަޑައިގެންނެވި ބޭފުޅެއް ކަމުގައިވާ ކުރީގެ ހޯމް މިނިސްޓްރީގެ ނައިބުވަޒީރު މޫސާ ފަތުޙީ ވިދާޅުވީ ކުރީގެ ރައީސަކަށް ލިބިވަޑައިގަންނަވާ ޢިނާޔަތުގެ ދަށުން އޮޕަރޭޝަން ކުރައްވަން ބޭރަށް ވަޑައިގަތުމުގެ ފުރުޞަތަކަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި ކަމުގައެވެ. ރައީސް ޔާމީން ނިންމެވީ ކުރީގެ ރައީސަކަށްވާތީ ރައީސް ނަޝީދު އެދިވަޑައިގެންނެވި ޤައުމަކަށް ވަޑައިގަތުމުގެ ފުރުޞަތު އަރުވާށެވެ. ރައީސް ނަޝީދު ފުރާވަޑައިގަތީ އިނގިރޭސިވިލާތަަށެވެ. އެއީ 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުން 18 ވަނަ ދުވަހެވެ. މިއޮތީ އެދުވަހުގެ ޚަބަރެވެ. އެކަމަކު ރައީސް ޔާމީން ހަމަ "އަނިޔާވެރީ"އެވެ. 

ދެން ޖަލުގެ ތަޖުރިބާ ލިބިވަޑައިގަތް ބޭފުޅަކީ "ޔޫސުފު ގެފާނު ފަދައިން ޖަލުން ނުކުމެވަޑައިގެން" ވަޒީރުކަމަށް ވަޑައިގެންނެވި ހޯމް މިނިސްޓަރެވެ. ޢިމްރާން ޢަބްދުﷲ އެއިރު ޖަލަށް ވަޑައިގަތީ ޢާންމު މުޒާހަރާއެއްގައި އެމަނިކުފާނުގެ އަތްޕުޅުގައި ހުރި ކަރުދާސްތަކެއް ނަންގަވައިގެން މިހިރީ ޑރ.އަފްރާޝީމް ޤަތުލުކޮށްލި މީހަކު ރައީސް ޔާމީނަށް އެނގިވަޑަިއގަންނަވާ ކަމުގެ ހެކި ކަމުގައި ވިދާޅުވެގެންނެވެ. އެވިދާޅުވި ބަސްފުޅުން އުފެއްދި ޖޯޝުގައި ދިވެހި ފުލުހުންނަށް މުޒާހަރާވެރިން ހަމަލާދީ އަނިޔާކޮށްގެންނެވެ.  މިއަދު އެހުންނެވީ އެކަންކަން ބަލަން އޮތް މުއައްސަސާއާ ހަވާލުވެހުންނަވާ ވަޒީރުގެ މަޤާމުގައެވެ. ފުލުހުންނަށް އަމުރުކުރައްވާ ވެރިޔާގެ މަޤާމުގައެވެ.  ނަމަވެސް ނުކުތާއަކީ އެއް ނޫނެވެ. ރަމަޟާން މަސް ފެށެން ގާތްވުމާއެކު، ރައީސް ޔާމީން ރަމަޟާން މަހުގެ މުނާސަބަތަށް ގެއަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނުގެ ޢާއިލާއާއި އެމަނިކުފާނު ނިސްބަތްވާ އިދިކޮޅު ޕާޓީތަކުން ސިޓީތަކެއް ފޮނުވިއިރު އެއިން އެއް ސިޓީ ދިޔައީ ޢިމްރާނުގެ މޭޒުކޮޅަށެވެ. ކޮންމެއަކަސް ރައީސް ޔާމީނަކަށް އެކަމެއް ހަމަނުޖެހުނެވެ. 

ޢިމްރާން ޖަލު ހުކުމުގައި ހުންނެވިއިރު ކޮންމެ އަހަރެއްގެ ރަމަޟާން މަސް ހޭދަކުރެއްވީ ޢާއިލާއާއެކު ގޭގައެވެ. ބެލްކަންޏަށް ނުކުމެވަޑައިގެން ޢީދު ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެން އުޅުއްވިއެވެ. ޢިމްރާންގެ ބޭފުޅުންނާއެކު އުފާކުރައްވައި ސަމާސާކުރައްވައި ކޭކު ފަޅުއްވައި ހެއްދެވިއެވެ. އެމަންޒަރުތައްވެސް އެތައް ތަނެއްގައި ދައުރުވާން އަދިވެސް ފެންނާން އެހެރީއެވެ. މިއީ އެއް އަހަރުގެ ރަމަޟާން މަހު ޢިމްރާނާއި ކުރީގެ ޑިފެންސް މިންސްޓަރު ކާނަލް ނާޒިމް ގެއަށް ބަދަލުކުރި ޚަބަރެވެ. މިޚަބަރު ހުޅުވައި ބައްލަވާށެވެ. މިއިން ކޮންމެ ބޭފުޅަކުވެސް އޭގެ ކުރިން އަހަރެއް ހައި ދުވަސް ގޭގައި ޢާއިލާ ގާތުގައި ހޭދަކުރެއްވި ވާހަކަ އެޚަބަރުން ފެނިވަޑައިގަންނަވާނެއެވެ.  ޔަޤީނުންވެސް ރައީސް ޔާމީން ހަމަ "އަނިޔާވެރީ"އެވެ. 

ކާނަލް ނާޒިމަކީވެސް އެބޭފުޅަކު ޖަލަށް ވަޑައިގަތުމުން ބަޔަކު ހިތާމަކޮށް ހެދި ބޭފުޅެކެވެ. އޭނާ ޖަލުގައި ހުންނެވި ދުވަސްވަރު ވަރަށް ގިނައިން ގޭގައި ހުންނެވިއެވެ. ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ޙާލަތު ރައީސް ޔާމީން އިޢުލާނުކުރެއްވިއިރު ނާޒިމު ހުންނެވީ ގޭގައެވެ. ޢާއިލާ ގާތުގައެވެ. އަދި ކުރިން ފެނިވަޑައިގަތް ލިޔުމުގައި އޮތް ފަދައިން ރަމަޟާން މަސްވެސް ހޭދަކުރެއްވީ އަނބިދަރިން އަރިހުގައި ގޭގައެވެ. އެވަރުން ފުދުނީއެއް ނޫނެވެ. ނާޒިމަކީ ޖަލުގައި ހުންނެވި ދުވަސްވަރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް އެއް ފަހަރަށްވުރެ ގިނައިން ވަޑައިގެންނެވި ބޭފުޅެކެވެ. އެއް ފަހަރު ސިންގަޕޫރަށެވެ. އަނެއް ފަހަރު މެލޭޝިޔާއަށެވެ. އެކަމަކުވެސް ރައީސް ޔާމީނު ހަމަ "އަނިޔާވެރީ"އެވެ. 

ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲގެ އަނބިކަބަލުން އާލާސްވެ އިންނަވައި ހަސްފަތާލުގެ ވިހާ ކޮޓަރިއަށް ވަދެވަޑައިގެންނެވިއިރު ޢިމްރާނު ހުންނެވީ ހަސްފަތާލުގައެވެ. އާލާސްކަންފުޅުން ގަދަވެ، ތިން މަސްދުވަހަށްވުރެ ގިނަ ދުވަސް ޢިމްރާން ގޭގައި ހުންނެވިއެވެ. އަދި އެދުވަސްވަރު ޢިމްރާނު ހިންގަވާފައިވާ ގެއިން ހޮސްޕިޓަލަށް އަދި ހޮސްޕިޓަލުން ގެއަށް ވަޑައިގަންނަވައެވެ. މިއީ އަޅުގަނޑު ލިޔެލާ ޚިޔާލީ ފޮލައެއް ނޫނެވެ. މިއީ ޢިމްރާނުގެ އަނބިކަބަލުން ރީމްގެ ބޭބޭފުޅު މުޙައްމަދު މުޞްޠަފާ ވިދާޅުވެދެއްވި ވާހަކަފުޅެވެ. އެކަމަކުވެސް ރައީސް ޔާމީން ހަމަ "އަނިޔާވެރީ"އެވެ. 

ރައީސް ޔާމީނުގެ "އަނިޔާވެރި" ވެރިކަމުގައި، ޝަރުޢީ ކޯޓަކުން ހުކުމެއް އިއްވައިގެން، ސިޔާސީ ވާދަވެރިންގެ ޖަލަށް ވަޑައިގެންނެވި ނަމަވެސް އެބޭފުޅުންނަށް އޯގާތެރިކަން ދެއްކެވިއެވެ. އެބޭފުޅުންނަށް ލުއިކޮށްދެވެން އޮތް ގޮތްތަކުން ލުއިކޮށްދެއްވިއެވެ. ބައެއް ބޭފުޅުންނަށް ޚާއްޞަ ކުރައްވައިގެން، އެންމެ ޒަމާނީ އާލާތްތަކާއެކު ކުލިނިކުތައްވެސް ޖަލުގައި ބިނާކުރެއްވިއެވެ. މިއަދު ޙާލަތު ބަދަލުވެއްޖެއެވެ. ވެރިކަމުގައި ތިބީ "އޯގާތެރިން"ނެވެ. ރައީސް ޔާމީނުގެ ޢާއިލާގެ އާދޭހާއި އެމަނިކުފާނަށް ތާއީދުކުރާ މީހުންގެ އުދާހާއި ކެކުޅުންތަކަށް ބީރު ކަންފަތެއް ދީ މިބަރަކާތްތެރި ރަމަޟާން މަހުވެސް އެމަނިކުފާނު ބޭއްވީ ޖަލުގައެވެ. 

ރައީސް ޔާމީނަކީ ދިވެހިންގެ ގިނަ ބައެއްގެ ލޯތްބާއި ކުލުނު އެބޭފުޅަކަށް ލިބިވަޑައިގެން ހުންނެވި ލީޑަރެކެވެ. ރައީސް ޔާމީނު ކޮށްދެއްވި ޚިދުމަތަކީ ލޮލަށް ފެންނަ އިހުސާސުކުރެވޭ ޚިދުމަތެވެ. ދަރުމަވަންތަ ހަސްފަތާލާއި، މާލެ ހުޅުމާލެ ބުރިޖާއި، މާލޭގެ ރިންގުރޯޑާއި ރަށްރަށުގެ ތާރު މަގުތަކާއި، ބޮޑެތި ސުކޫލާއި، އައު ވަސީލަތްތަކާއެކު ބިނާކުރެވެމުން އާރާސްތުވަމުން އައި އެއާޕޯޓަކީ ލޮލަށް ފެންނަ ކަންކަމެވެ. އަދި އެމަނިކުފާނު ބިނާކުރެއްވި 7،000 ފުލެޓުގައި ބަޔަކު ކޮންމެވެސް ދުވަހަކުން ދިރިއުޅުން ފަށާނެއެވެ. ޖަލުގައި އެމަނިކުފާނު ބޭއްވިޔަސް އެކަންކަން ދިވެހިންނަށް ނުފެންނާނެ ގޮތެއް ނެތެވެ. އެކަންކަން ބަލައިގަންނާނެ ދިވެހިން ބައިވަރެވެ. އެމީހުންގެ އެދުމަކީ ރައީސް ޔާމީނުގެ ވެރިކަމުގައި މިއަދު ޤައުމުގައި ވެރިކަން ކުރައްވާ ވެރިންނަށް އެމަނިކުފާނު ބެހެއްޓެވި އޯގާވެރިކަން އެމަނިކުފާނަށް ބެހެއްޓުމެވެ. އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމެވެ. 

ކިޔުންތެރިންގެ ހިޔާލު
ރަމްޒިއްޔާ
ވަރަށް ތެދު ރަގަޅު ވާހަކަތަކެއް. އަޅުގަނޑަކީ ޔާމީނަށް ތާޢީދު ކުރި މީހެއް ނޫން. އެކަމަކު ކޮރޯނާގެ މި ބަލި މަޑުކަމުގައި ރޯދަމަހެއް އައި އިރުވެސް، ދުވަސްކޮޅަކަށް ނަމަވެސް ގޭގައި ބެހެއްޓެވިނަމަ މި ލިޔުން މިގޮތަށް ލިޔާކަށް ފުރުޞަތެއް ނުލިބުނީސް. ރައީސް އިބޫ އެކަނި ނިންމުން ނިންމަން ފުރުސަތު އޮތް ނަމަ ގެއަށް ބަދަލުކޮށްފީސް.
ޙަސަންދީ
ދޮގެއް ވެސް ނޫން. މިޤައުމުގައި ނަމަކަށް އިބޫ ވެރިއަކަށް ހުއްޓަސް، ވެރިކަން ކުރަނީ އެހެން މީހެއް. ދެރަހުރި ކަންތައް.
ޙަނަސް
ސަޅި ލިއުމެއް . ޢަނިޔާވެރިން މިހާރު އެނގެއްޖެ.ސާބަސް ދިޔަރެސް ޓީމް
ޢާރިފާ
ވަރަށް ފުރިހަމަ ލިޔުމެއް
ފުތިހަމަ
ލިޔުން ކިތަންމެހާވެސް ފުރިހަމަ.. ދެކޮޅަށްވެސް އަލި އަޅުވާލިނަމަ ވަރަށް ޓްރާންސްޕޭރެންޓްވީސް.. އޭރު ސަރިއަތް ކުރިގޮތާ ގެޔަށް ބަދަލު ކުރި މީހުން ބަދަލުކުރަން ޖެހުނު ސަބަބު ތަކާ.. ޔާމިން އަށް ޝަރިއަތް ކުރެވުނު ގޮތާ ކުރި ވައްކަމާ އެއްޗިހިވެސް ލިޔެލިނަމަ... ތިޔަ ބުނާ ޔާމިނެއްގެ ވެރިކަމުގަ ވޭތިވެ ދިޔަ 25 ވަރަކަށް އަހަރުގަ ޖަލުގައި ތިބި ކުދިންގެ މައިން ، ގާނޫނީ އިމުގެ ތެރެއިން ގާނޫނުން ލިބޭ ހައްގެއްގަ އެކުދިން ގެޔަށް ބަދަލު ކުރަން ގޮވަމުން ދިޔަ.. ހަރާން ބަޅުމަސް ދިން އިޖާބައެއް.. މިހާރުވެސް ތި ޔާމިނެއް ގޮތައް ގެޔަށް ބަދަލު ކޮށްދިނުމަށް ގޮވަމުން ދާ އެތައް އެހެން އާއިލާ ތަށްވެސް އެބަތިބި.. އަމިއްލަ މީހާގެ ދަރި ޖަލަށް ލީމަ އިގޭނީ. އިހުސާސް ވާނީ.. އޭރުން ޔާމިން ބިސް މަޅިޔެކޭ ކިޔަމުން ނުދުވާނެ...
ާަނަގުދު
ދުނިޔޭގައި އުފެދުނު އެންމެއަނިޔާވެރި ސަރުކާރަކީ މިހާރު އުފެދިފައި މިއޮތް ދިވެހި ސަރުކާރު މިއީ ގޮއްމުއް ސަރުކާރު.
ރަފީގް
ވަރަށް ފުރިހަމަ ލިޔުމެއް އަޅުގަނޑަކީ ފެށުނީއްސުރެން އެމްޑީޕީ މެމްބަރ އެއް މި ލިޔުމުގައި ބުނެފައި ތިވާ އެންމެން ހައްޔަރު ކޮށް ޔާމީން ސަރުކާރުގައި ޖަލަށް ލުމުން އެކަމާ ދެކޮޅަށް މަގުމަތީގައި ކުރި ހުރިހާ މިޒާހަރާއެއްގައި އަމަލީ ގޮތުން ބައިބެރިވެ އެތައް އަނިޔާތަކެއްވެސް ލިބިފައިވެއެވެ އަދި އަދުލު އިންސާފް ގާއިމްކުރޭ ގޮވަމުންވެސް މަގުމަތީގައި އަޅުގަނޑަކީ ދުވިއެކަކިން ނަމަވެސް ޒަމާން ބަދަލުވެ މި އޯގާތެރި ސަރުކާރު އައިސް މިވަނީއަކީ އޯގާތެރިއެއް ނޫނެވެ ރައްޔިތުންނާއި ޤައުމްށް މިވަނީ ޣައްދާރެވެ ހަގީގަތަކީ އެއްވެސް ސަރުކާރެއްގެ ރާޅުގުނާ ކަމެއްވެސް އަޅުގަނޑު ބޭނުމެއްނޫނެވެ ބޭނުންވަނީ އިޚްލާޞްތެރި އަނިޔާވެރިނުވާ ރާއްޔިތުންނަށް އޯގާތެރި ސަރުކާރެއް އެފަދަ ވެރިއެކެވެ ހަގީގަތުގަ ޔާމީން ސަރުކާރާއި ދެކޮޅަށް ނިކުންނަން ޖެހުނީވެސް އަނިޔާވެރިކަން ބޮޑުވީމައެވެ ނަމަވެސް ތެދު ތެދަށް ބުނާނަމަ މި އޯގާތެރިސަރުކާރު މާއަނިޔާ ވެރިވެފަ މާ ބޮޑުތަނުން ނުބައެވެ އެކަމަށްޓަކާ މިސަރުކާރު ގެންނަން ބުރަ މަސައްކަތެއް ކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު މިއަދު ދިވެހި ރައްޔިތުން ކުރެން ނިހާޔަތައް މަޢާފަށް އެދެމެވެ ކޮންމެއަކަސް ޔާމީނު ގޯހެވެ އެހެން ނަމަވެސް މި ލިޔުމުގައި ވާފަދައިން ތި އެންމެންނަށް ތިބުނެވިދިޔަ ދޫތައް ޔާމީންވަނީދީފައެވެ އެހެން ކަމަށްވާނަމަ މި އިތުރު ރަމަޟާން މަހުގެ ހައްގުގަވެސް ޔާމީން ގެެއަށް ބަދަލު ކޮށްލުމަކީ ވެރިކަމުގައި މިތިބަ މީހުންނަށް ނުކުރެވޭނެވަރުގެ ކަމެއްވެސްނޫނެވެ ހަމަ އަނިޔާވެރިވުންނޫން ކޮންކަމެއްހެއްޔެވެ ކޮންމެ ގޮތެއްވިޔަސް ޔާމީން ކިތަންމެ ގޯހަސް އަދި ކިތަންމެ ލާރިއެއް ކައިފަ ހުރިކަމުގަ ބުންޏަސް ޔާމީންގެ 5 އަހަރުގައި ބޮޑެތި މަސައްކަތްތަކެއްކޮށް އެހުރީ ފެންނާށެވެ އެ ހަގީގަތެއް ބަދަކެއްވެސް ނުކުރެވޭނެއެވެ މިހާރުވެސް ކާލެއް މަދެއްވެސްނޫނެވެ ސަރުކާރު ގެންނަން ބުރަ މަސައްކަތް ކުރި އަދި ޔާމީންގެ ސަރުކާރުން އިންތިހާއަށް އަނިޔާ އަނިޔާވެސް ލިބުނު މީހެއްގެ ހައިޞިޔަތުން އަދި މިވެރިކަން ހިންގާ ޕާޓީގެ މެންބަރ އެއްގެ ހައިސިއްޔަތުން ހުރެ ބުނަން މި ސަރުކާރުން މަގިނަ ބޮޑެތި ވައްކަން އެބަކިރެއެވެ މި ކޮވިޑް19 އަކީ މި ސަރުކާރުގައި ތިބި މީހުންނަށް ބޮޑެތި ވައްކަނަް ކުރަން ލިބުނު ރަނުގެ ފުރުޞަތެއް ދިރި ތިބި ބަޔަކަށް 2023 ވެސް އަނާނެ ވަﷲ ޢައުލަމް
ޙަސަން
ދެރައީ ޙަޤީޤަތާ އެއްގޮތަށް ނުލިޔުއްވާތީ
ހަފަރާތް
ފުރިހަމަ ލިއުމެއް ، ހަޤީގަތެއް ފިލާވަޅެއް ޢިބުރަތެއް
ނާލީން
ކުރިޔަށް ވާން ހުންނަ ކަމެއް އެއްވެސް އިންސާނަކަށް ނޭގެނެ، ނަމަވެސް ރަނގަޅު ތަސައްވުރެއް އޮވެގެން ދުނިޔޭގެ ކަންތައްތައް މަންޒަރުކުރެވި ރޭވެމުން ދާގޮތް ދިރާސާ ކުރާނަަމަ ވެދާނެ އަދި ބޭނުންޖެހިދާނެ ކަންތައްތައް ތަސައްވުރުކުރެވި އެ ތަސައްވުރާ އެއްގޮތަށް ކަންތައްތައް ބައްޓަންކުރެވިދާނެ! ބުނަން މިއުޅެނީ ރައީސް ޔާމީން އަކީ އެފަދަ ބޭފުޅެކޭ. ނިކަން ވިސްނާލާ ސްކޫލް ކުދިންނަށް ޓެބްލެޓް މެދުވެރިކޮށް ކިޔަވައިދީ ޓެކްނޮލޮޖީއަށް އެކުދިންނާ ޓީޗަރުނަ އަހުލުވެރި ކުރެއްވުމަށް އެމަނިކުފާނުގެ ދުރުވިސްނިވަޑައިގަތް ސިޔާސަތުގެ ސަބަބުން މިނާޒުކު ދަނޑިވަޅުގަ ބެލެނެވެރިންނާ ޓިޗަރުންނާ ދަރިވަރުން އަދި ޚުދު މިސަރުކާރަށް ލިބިގެންދިޔަ ލުއިކަން! މިއަދު އެދަރިވަރުންނަށް ޓެބްލެޓް ނެތްނަމަ ސަރުކާރުން މިދަތި ދަނޑިވަޅުގައި އަދިވެސް ތިބޭނީ ގޮތް ހުސްވެ ކުރާނެ ކަމެއް ނޭގިފަ. އިކޮނަމީ މިހާ ދަށަށް ގޮސްއޮތްވާ ކިހިނެއް ދަރިވަރުންނަށް ޓެބްލެޓް ހޯދާދޭނީ ނުވާނެ އަދި އެއީ ކުރެވޭނެ ޚަރަދެއްވެސް ނޫން. މިކަމަށްޓަކާވެސް އެމަނިކުފާނަށް ޝުކުރުވެރިވެ ލުޔެއް ދިނުމަކީ މިނާޖަޔާޒް ފައިދާ ނގަމުންދާ ސަރުކާރުން ކުރަންޖެހޭވަރު ކަމެއް!
އަހުސްނުވެ
އަނިޔާވެރިވެގެން ލާރިތައް ކޭލެއް ގިނަކަމުން ޤައުމަށް ގެނެސްފައިވާ ތަރައްޤީ ކިޔާ ކޮޅުން ނުލަ. ނަމަވެސް މީގެ އިދިކޮޅު ގެނެސްފިނަމަ ފެނުނު ތަރައްޤީއެއް ނެތް. ރައްޔިޔިން އެންމެ ނިކަމެތިވި ވަގުތު މިތިބީ ހުސް އަތާ.
އެސްއެމްއެސް
ބާރާއި ނުފޫޒު ބޭނުންކޮށް ނުހައްގުން ޖަލަށް ލީ ބަޔަކަށް، ރޔ ގެ އޯގާތެރިކަން ދެއްކުމުގެ ބޭނުމުގައި ގެއަށް ބަދަލު ކުރުމަކީ ޔާމީނު އަނިޔާވެރި ނުވާކަމުގެ ހެއްކެއް ނޫނެވެ
މާމަ
މާމަ އައިސް ފައިންޕުޅު ދެކިލަން ބުނީމަ ފައިވާން ދެއްކި މީހެއްގެ ވާހަކަ މި ލިޔުމުގަ މިއޮތީ.. 7 ފެނުގަ ކައްކާފަ ރާހުތައް ލިޔަސް ރޔ އަކީ ދިވެހި ރައްޔިތުންގެ ފައިސާ ރޯމާ ދުވާލު ވައްކަން ނުކުރާ މީހަކަށް ނުވާނެ.. ރޔ ލޯޔަރުންގެ ޓީމު އަގަބަހުން ސޮއި ކޮށްގެން ކުށް ސާބިތުވީމަ ޖަލުގަ އެއޮތީ.. ދެން އޮވެލާ...
މުހަމްމަދު
ތިޔައާޓިކަލަކީ ސީދާ ޔާމީނުއައް ނަފުރަރުކުރާމީ ހަކުކަން ޔަގީން ކިތަމްމެ ވަރަކައް އޮޅުވާލަން އުޅުނަކަސް އަހަތުމެންގެ އަޒުމެނުގުޑާނެ ރައީސް ޔާމީނުއާއެކުގަ މިތިބީ ސާބިތުކަމާއެކު
ސަޅި
ޔާމިނު ދިވެހި އެއްވެސް އާންމު ރައްޔަތަކަށް އަނިޔާވެރި ވިކަމެއް ނޭގޭ. އެކަމަމު ޔާމީނުފެ ވެރިކަމަށް ބުރޫ އަރުވާކަހަލަ މީހުން ގެންގޮސް ހައްޔަރު ކުރި އެކަމަކު އެމީހުންނާވެސް ލުއި ތަށް ދިން. ޔާމީނުގެ ވެރިކަމުގެ މުޅި ސިޔާސަތު ހުރީ ތަރައްގީ އާ ރައްޔަތުންނަށް ކުރިއެރުން ހޯދަ ދިނުން އަދި އެކަންކުރި. ބޭރު ގެ ނުފޫޒު ރާއްޖެއަކަށް ނެތް.ގައުމުަ ފައިސާނެތިގެން އުޅެ ކަމެއް އިހުސާސެއް ނުކުރެވޭ.ކަންކަން ކުރަމުން ދިޔައީ ހުޢްޓުމެް ނެތި. ދެން އަނިޔާވެރި ވިގޮތެއް ނޭގެ. ވަކިބަޔެއް ގެ މަގުސަދު ހާސިލު ކުރަން ވެގެން އަނިޔާވެރި ކެޔޭކިޔައިގެން އެކަން ޕޮރޮމޯޓު ކޮށް ވެރިކަން ބަދަލު ކުރެވު. އަދި އެބަޔަކު ޖަލުން ސަލާމަތް ވެސް ވި އެކަމަކު ޖަލުގަ އަދަބު ލިބެމުން ދާމީހުހް އަދިވެސް ތިބީ.މިއަދު ޔާމިނު ގޭގަ ހުރިނަމަ ބުނެވިދާނެ ޔަމީނަށް ވުރެ އަނިޔާވެރިކަން ކުޑާއޭ. ބުނެވޭނަ ޖާގަ އެއްނުފެނޭ.