ރައީސް ޔާމީން މަސައްކަތްޕުޅުގައި ގެންގުޅުއްވި ބައެއް އުސޫލުތައް ޗީފް އޮފް ސްޓާފްގެ ދުލުން

ޝިފްޒާން އަހްމަދު 20 މޭ 2020 22:32
Flowers
ރައީސް ޔާމީން އަދި ކުރީގެ ޗީފް އޮފް ސްޓާފް މުސްތަފާ

ރައީސް ޔާމީން ރައީސް ކަމުގައާއި ވެރިކަމުގެ ކުރިންވެސް މަސައްކަތްޕުޅު ކުރައްވާ ގޮތުގެ ބައެއް ތަފްސީލުތައް އެމަނިކުފާނުގެ ޗީފް އޮފް ސްޓާފުގެ މަޤާމުގައި ހުންނެވި އަޙްމަދު މުސްތަފާ ހިއްސާކުރައްވައިފިއެވެ. 

މުސްތަފާ ފޭސްބުކުގައި އިއްޔެ ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމިން އަރިހުގައި 20 އަހަރު އޭނާ މަސައްކަތްކުރެއްވި ކަމުގައެވެ. އަދި ރައީސް ޔާމީން ދުވަހަކުވެސް ބައްދަލުވުމެއްގައި ނޯޓު ނުނަންގަވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޔާމީނުގެ މޭޒުކޮޅުގައި ކަރުދާސްތަކެއް، ކޮމްޕިއުޓަރެއް ލެޕްޓޮޕެއް ދުވަހަކުވެސް ނުހުންނާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ ރައީސް ޔާމީން ރަސްމީ ބޭނުމަށްވެސް އަދި ނުރަސްމީ ބޭނުމަށްވެސް އީމެއިލް އާއި ސޯޝަލް މީޑިއާ ދުވަހަކުވެސް ބޭނުން ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް ހަވާލުކުރައްވާ މަސައްކަތްޕުޅުގެ ކަންކަން ހިނގަމުންދާ ގޮތް އަބަދުވެސް ބައްލަވާ ކަމުގައާއި، ގުޅުއްވައި ހަވާލުކުރެއްވި މަސައްކަތެއް ފުރިހަމަވެފައިވާ މިންވަރު ބައްލަވައިނުލައްވައި ދޫކުރެއްވުމަކީ ދުވަހަކުވެސސް ރައީސް ޔާމީން ކުރެއްވި ކަމެއް ނޫން ކަމުގައި މުސްތަފާ ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ކޮންމެ ދުވަހަކުވެސް 1.50 ވުމުގެ ކުރިން އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގަންނަވާ ހުރިހާ މަސައްކަތްޕުޅެއް ފުރިހަމަކުރައްވާ ކަމުގައިވެސް މުސަތަފާ ވިދާޅުވިއެވެ. 

އަދި އެމަނިކުފާނުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން ނަގާފައިވާ ނޯޓުތައް އެމަނިކުފާނުގެ މޭޒުކޮޅަށް ވާސިލުވުމާއެކު، އެނޯޓުތަކާއި ލިޔެކިޔުން ބައްލަވައި، ރަތް ގަލަމަކުން މަސައްކަތްކުރިއަށް ގެންދަންވީ ގޮތުގެ އިރުޝާދުތައް ލަސްނުކުރައްވައި ލިޔުއްވާ ކަމުގައިވެސް މުސްތަފާ ފާހަގަކުރެއްވިއެވެ. 

މުސްތަފާ ވަނީ، ރައީސް ޔާމީން އަރިހުގައި މަސައްކަތް ކުރެއްވި އިރު، މުސްތަފާ އެކުލަވާލި ޕްލޭނަކަށް ރައީސް ޔާމީން ދެއްވި ކޮމެންޓެއްގެ ފޮޓޯއާއި އެކަމާއި ގުޅޭ އިތުރު ތަފްސީލުވެސް އާންމު ކުރައްވާފައެވެ.

މިގޮތުން މުސްތަފާ ވިދާޅުވީ، 2015 ވަނަ އަހަރު ރައީސް ޔާމީން ހައްޖަށް ވަޑައިގެން މައްކާގެ ހަރަމްފުޅުގެ އިމާން އަބްދުއްރަހްމާ އިބްނު ސުދައިސަށް ރާއްޖެ ވަޑައިގަންނަވަން ދައުވަތު ދެއްވުމަށް ފަހު ސުދައިސް ރާއްޖެ ވަޑައިގަންނަވާއިރު އެރުވޭނެ އެންމެ ފުރިހަމަ މަތިވެރި އިއްޒަތާއި ޤަދަރު ސުދައިސްއަށް އަރުއްވަން ރައީސް ޔާމީން އެންގެވިކަމަށެވެ. އަދި އިމާސު ސުދައިސް ހުންނަވާނެ ތަނަކަށް މުލިޔާގެ ހަމަޖައްސަވައި، އެކަމުގެ އެންމެ ފުރިހަމަ ތައްޔާރިތައް ހަމަޖައްސަވަން ރައީސް ޔާމީން އެންގެވި ކަމަށް މުސްތަފާ ވިދާޅުވެފައިވެއެވެ. 

ފޭސްބުކްގައި އާންމު ކުރައްވާފައިވާ ނޯޓަކީ، ސުދައިސްއަށްޓަކައި އިންތިޒާމު ކުރެވުނު ކަންކަމުގެ ޕްލޭން ރައީސް ޔާމީން އަތްޕުޅަށް އެރުވުމުން، އެ ޕްލޭން ވިދާޅުވެފައި ރައީސް ޔާމީން ދެއްވި ކޮމެންޓު ކަމުގައި މުސްތަފާވިދާޅުވިއެވެ. 

މި ފޮޓޯ އަކީ އެކަމަށްޓަކައި، އަޅުގަނޑު އެކުލަވާލި ޕްލޭނާ، ތައްޔާރީތަކަށް ރައީސް ޔާމިން ދެއްވި އިރުޝާދެވެ. ކުރު، ސާދާ، ސީދާ، އަދި، ހިތްވަރުގެ ޖަވާބެކެވެ!

ކަންކުރެއްވުމުގައި އެމަނިކުފާނު ގަޔާވެވަޑައިގެން ކަންކުރެއްވުމާއި، މަސައްކަތްކުރެއްވުމުގައި ނަތީޖާއަށް އިސްކަންދެއްވި ދެއްވުމަކީ އެމަނިކުފާނުގެ ވެރިކަމުގައި ގިނަ ކަންތައްތަކެއް ހާސިލުވި ސަބަބު ކަމުގައި މުސްތަފާ ވިދާޅުވިއެވެ. 

މުސަތަފާގެ އިތުރަށް މިޕޯސްޓަށް ކޮމެންޓުކުރައްވަމުން ރައީސް ޔާމީނުގެ އިތުރަށް، ރައީސް މައުމޫނާއި ރައީސް ޑރ.ވަޙީދުގެ އަރިހުގައިވެސް ވަޒީރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އަލްއުސްތާޛާ ޢާޒިމާ ޝުކޫރުގެ ތަޖުރިބާވެސް ހިއްސާކުރެއްވިއެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި ތިން ރައީސުން އަަރިހުގައި މަސައްކަތްކުރެއްވިއިރު، އެންމެ ދުވެލި ހަލުއި ރައީސެއްގެ ގޮތުގައި ފާހަގަކުރެއްވުނީ ރައީސް ޔާމީނެވެ. 

އެގޮތުން ރައީސް ޔާމީން ކަންކަން ހިންގެވުމުގައި އެޕޮއިންޓްމެންޓު ހަދައިގެން ބައްދަލުކުރުމުގެ އުޞޫލެއް ނުގެންގުޅުއްވާ ކަން ޢާޒިމާ ފާހަގަކުރެއްވިއެވެ. އެކަމަނާ ރައީސް ޔާމީން އަރިހު މަސައްކަތްކުރެއްވި 3 އަހަރު ތެރޭ އެޕޮއިންޓްމެންޓު ހަދައިގެން ބައްދަލުކުރައްވަން ޖެހިވަޑައިގަތީ އެންމް ތިން ފަހަރު ކަމަށާއި ހަމަ ލިޔެކިޔުން ވިދާޅުވެގެން އަވަހަށް ގޮތްތައް ނިންމެވުމުގައި ރައީސް ޔާމީނަކީ ނަމޫނާއެއް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު
ކިނބޫ
ރައީސް ޔާމީނާ އަރާ ހަމަނުކުރެވޭނެ މިސަރުކާރަކަށް. އެއީ ވިސްނުންތެރި ހުނަރުވެރި ގައުމާއި ރައްޔިތުން ދެކެ ލޯބިވާ ވަޠަނީ ބޭފުޅެއް. އެއީ ތާރީޚުގައި ރަން އަކުރުން ލިޔެވޭނެ ނަންފުޅެއް.
މޫސަ
ތިކަން ގަބޫލުކުރެވޭކަށް ނެތް. އަދީބު ހައްޔަރުކުރި ދުވަހު ބުނީ ތިމަންޔަށް ކަންކަން ނުބެލުނިއްޔޭ. ޕޮލިސް އިންޓެލް ރިޕޯރޓްވެސް ލިބެނީ އަދީބަށޭ. ަ
ހާލުގެދުލުން
ޝައްކެއްވެސްނެތް އެއީ ހަރުދަނާ ލީޑަރެއް. މިއަދު ޤައުމުއެދި ގޮވަނީ އެމަނިކުފާނަށް
ާސެނީ
ބޭނުމީ ރައިސް ޔާމިން ވެރިކަމަން ގެންނަން އެވަރުގެ ވެރިޔެން ނުހުންނާނެ...