Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކާރިސާގެ ވަގުތައި ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި ޤުރުއާން ނުހިމެނޭތީ ކަންބޮޑުވޭ: އާދަމް ޝަރީފް

ކޮވިޑް-19އާ ގުޅިގެން ޓެލެކުލާސްތައް މެދުވެރިކޮށް ކިޔަވައިދޭނެ މާއްދާތައް ކަނޑައެޅިއިރު ކީރިތި ޤުރުއާން ނުހިމެނޭތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމުގައި ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފު އެފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މަޖިލިހުގެ އިޖުތިމާޢީ ކޮމިޓީން ހުށަހަޅާފައިވާ ބިލަށް ވާހަކަދައްކަވަމުން މަޖިލިހުގައިވެސް އެކަމުގެ ކަންބޮޑުވުން އާދަމް ޝަރީފުވަނީ ހިއްސާކުރައްވާފައެވެ. ގިނަ ދުވަސްތަކެއް ތަޢުލީމީ ދާއިރާގައި މަސައްކަތްކުރެއްވި އަދި ފަހުން ދިފާޢީ ވަޒީރުކަންކުރެއްވި އާދަމް ޝަރީފު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ކާރިސާގެ ވަގުތުގައި ކިޔަވައިދޭނެ މާއްދާތައް ކަނޑައެޅިއިރު ޤުރުއާން ނުހިމެނުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމުގައެވެ.
މަޖިލިހުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ ކީރިތި ޤުރުއާން ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި ނެތުމަކީ ގިނަ ރައްޔިތުން ވަރަށް ބޮޑަށް އެކަމާމެދު ކަންބޮޑުވާ ކަމެއް ކަމުގައެވެ. އަދި އާދަމް ޝަރީފު ވިދާޅުވީ ޤުރުއާން ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓަރު ހިމަނުއްވާފައިނުވާ ކަމުގައެވެ.
އަދި އެކަމުގެ ސަބަބުން އެމްޑީޕީގެ ބޮލުގައި ވަރަށް ބޮޑު ތުހުމަތެއް އެޅޭނެ ކަމުގައާއި އެގޮތުން އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ކީރިތި ޤުރުއާނާއި އިސްލާމްދީނާއި ދިވެހި ބަސް ކިޔަވައިދިނުމަށް ހުރަސް އަޅާ ކަމުގައި ބުނެ ދައްކާ ވާހަކއަށް ބާރުލިބޭނެ ކަމެއް ކަމުގައިވެސް އާދަމް ޝަރީފު ފާހަގަކުރެއްވިއެވެ.
އާދަމް ޝަރީފުވަނީ ޤުރުއާން ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި ހިމެނުމަށް ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޤުރުއާން ކިޔަވައިދިނުމަކީ ވަރަށް ފަސޭހަ ކަމެއް ކަމުގައެވެ.
މި ލިއުމާއި ގުޅޭ