Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ބޭސް ކޮރޯނާ އާއި ދެކޮޅަށް މަސައްކަތެއް ނުކުރޭ

ކޮވިޑް ބަޔަށް ފަރުވާ ކުރަން އެންމެ ރަނގަޅުކަމަށް އިންޑިއާއިން ބުނާ އެ ގައުމުގެ އުފެއްދުމެއް ކަމަށްވާ ހައިޑްރޮކްސީކްލޮރޯކްއީން (އެޗްސީކިއު) ގެ 50،000 ގުޅަ މިދިޔަ މަހު ފަހުކޮޅު އިންޑިއާ އިން ވަނީ ރާއްޖެ އަށް ހަދިޔާ ކޮށް ފައެވެ. އެ ބޭހާއި ބެހޭގޮތުން މިހާތަނަށް ހެދުނު އެންމެ ބޮޑު ދިރާސާ އިން ދައްކާ ގޮތުން އެޗް.ސީ.ކިއު އިން ކޮރޯނާ ބަލިޖެހިފައިވާ މީހުންނަށް އެއްވެސް އަސަރެއް ނުކުރާކަމަށް އެމެރިކާގެ ކޮލަމްބިއާ ޔުނިވާރސިޓީ ގެ ސައިންސްވެރިން ގެ ޓީމަކުން ހާމަ ކޮށްފިއެވެ.
މިކަން ބަޔާންކޮށް އެ ޓީމުގެ ފަރާތުން ހެދި ދިރާސާ މިހާރުވަނީ "ދަ ނިއު އިންގްލެންޑް ޖާރނަލް އޮފް މެޑިސިން" ގައި ޝާއިޢު ކޮށްފައިއެވެ. އެދިރާސާގައި ވާ ގޮތުން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން އެޗް.ސީ.ކިއު ބޭސް ދިން މީހުންނާއި ނުދޭ މީހުން ބަލިން ރަނގަޅުވާ ވުމުގައި އާއި އަވަސް މިނުގައި ތަފާތެއް ފާހަގަ ނުކުރެވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޝާއިޢު ކުރެވުނު މި ދިރާސާއަކީ މިޒާތުގެ ބަލިތަކާއި އޭގެ ފަރުވާ ދިރާސާ ކުރުމުގައި ކޮލަމްބިއާ ޔުނިވާރސިޓީ ގައި ހެދިފައިވާ ޑިވިޝަންގެ ގެ އިސް ޑޮކްޓަރު ނެއިލް އާއި އޭނަގެ ޓީމުން ކުރި ދިރާސާއެކެވެ. މި ދިރާސާގައި ބައިވެރި ކޮށްފައިވަނީ ކޮވިޑް ބަޔަށް ފައްސި ވެ ނިއުޔޯކު ގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަ 1،300 ބަލި މީހުންނެވެ.
އޭގެ ތެރެއިން %60 މީހުންނަށް ވަނީ 5 ދުވަހުގެ މަތިން އެޗް.ސީ.ކިއު ބޭސް ދީފައި އެވެ. މި ބޭސް ނުދޭ މީހުންނާއި އަޅައިކިޔާ އިރު މީގެ ތެރެއިން އެއްވެސް މީހެއްގެ ހާލު އިތުރަށް ރަނގަޅު ވެފައި ނުވާ ކަމަށް ދިރާސާ އިން ދައްކަކައެވެ. އެޗް.ސީ.ކިއު ބޭސް ދެވުނު މީހުން ވެންޓިލޭޓަރު ބޭނުންވާވުމާއި، މަރުވުމުގެ ރިސްކު އެއްވެސް ވަރަކަށ ކުޑަ ނުވާ ކަމަށްވެސް ޑޮކްޓަރުން ވިދާޅުވިއެވެ.
"މި ކަންތައްތަކާއި، މިހާތަނަށް ހޯދުނު ހޯދުން ތަކަށް ބަލައިލާއިރު، ކޮވިޑް ބައްޔަށް ފައްްސި މީހުންނަަށް އެޗް.ސީ.ކިއު ބޭސް ދޭންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ" ކަމަށް ޑޮކްޓަރ ނެއިލް ވިދާޅުވިއެވެ.
މިދިރާސާގެ ސަބަބުން އެޗް.ސީ.ކިއު ބޭސް ކޮވިޑް ޖެހިފައިވާ މީހުންނަށް މިހާރު ދޭ ހޮސްޕިޓަލްތަކުން އެކަން ކުރާ އުސޫލަށް ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވެއެވެ. އިންޑިއާ އިން މިދިޔަ މަހު ފަހުކޮޅު ރާއްޖެ ހަދިޔާ ކުރި އެޗް.ސީ.ކިއު ބޭސް މިހާތަނަށް ކޮވިޑު ބަލީގެ އެއްވެސް މީހަކަށް ދިންް ކަން އެނގިފައި ނެތެވެ. ސަރުކާރުން ވިދާޅުވެފައި ވަނީ އެބޭސް ބޭނުން ކުރާނީ ސިއްޙީ މާހިރުންގެ ލަފައާއި އެއްގޮތަށް ކަމަށެވެ.
މި ލިއުމާއި ގުޅޭ