ފޮރިން މިނިސްޓްރީގެ ބަޖެޓުން 138.7 މިލިއަން ރުފިޔާ ހުސްވެއްޖެ

އިބްރާހިމް އާދަމް 11 މޭ 2020 17:30
Flowers
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމު ކުރާ މާލީ ހިސާބުތަކުން ދައްކާގޮތުން 1 ޖެނުއަރީ އިން ފެށިގެން 30 އޭޕްރިލްގެ ނިޔަލަށް ފޮރިން މިނިސްޓްރީގެ ބަޖެޓުންވަނީ 138.7 މިލިއަން ރުފިޔާ ހުސްވެފައެވެ. މިއަހަރުގެ ފޮރިން މިނިސްޓްރީގެ ޖުމްލަ ބަޖެޓަކީ 331.7 މިލިއަން ރުފިޔާއަށްވާއިރު މިހާރު ވަނީ ޖުމްލަ ބަޖެޓުގެ 41 އިންސައްތަ ހުސްވެފައެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ފޮރިން މިނިސްޓްރީން ހަރަދުކޮށްފައިވަނީ 95.3 މިލިއަން ރުފިޔާއެވެ. ފޮރިން މިނިސްޓްރީ އަކީ އެންމެ ސިޔާސީ މުވައްޒަފުން ގިނަ އެއް ވުޒާރާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ކޮވިޑު-19 އާއި ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރަން ރައީސުލްޖުމްހޫރިއްޔާ އެންގެވި ފަހުންވެސް އެ މިނިސްޓްރީއަށް ވަނީ ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައެވެ.

އަދި މިއަހަރު ފެށުނު ފަހުން ފޮރިން މިނިސްޓްރީއިން ދަނީ ބޭރުގެ ބައެއް އެމްބަސީތަކަށް އިތުރު ސިޔާސީ ބޭފުޅުން އައްޔަން ކުރަމުންނެވެ. މިގޮތުން އެމްޑީޕީ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) ގެ ދަރިކަލުން ފަޒީލް އަދި މެމްބަރު ފަލާހުގެ ދަރިކަނބަލުން އަފްނާން ވަނީ ބޭރުގެ އެމްބަސީތަކަށް އައްޔަންކޮށްފައެވެ.

މިދިޔަ އަހަރުވެސް ދައުލަތުގެ ބަޖެޓުންން ފޮރިން މިނިސްޓްރީއަށް ކަނޑައެޅި ފައިސާގެ ބޮޑުބައި އަހަރު ނުނިމެނީސް ހުސްވެފައިވާކަން ފާހަގަކުރެވެއެވެ. ފޮރިން މިނިސްޓްރީއަކީ ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން ނިސްބަތުން އެންމެ ހަރަދުބޮޑު ވުޒާރާއެވެ

ކިޔުންތެރިންގެ ހިޔާލު
ބަދޫރާ ސައީދު
ހުސްވާނެނޫން ށާހިދު އޮފީހަކު ނުހުރޭ އަބަދު ގައުމުން ބޭރުގަ އެކިތަފާތު ވައްތަރުގެ ކާޕެޓު ލިބޭތޯ