Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ނަތީޖާއެއް ނުނެރެވި ސަރުކާރުން 600 މިލިއަން ހުސްކޮށްފި: ޑރ.ޖަމީލު

ކޮވިޑު-19 އާއި ގުޅިގެން ސަރުކާރުން ނަތީޖާއެއް ނުނެރެވި 600 މިލިއަން ރުފިޔާ ހުސްކޮށްފި ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޅި ޤައުމުގައި އޮތީ ނާމާންކަމާއި ބިރުވެރިކަން ކަމަށެވެ. އަދި ކޮވިޑު-19 ގެ ހުރިހާ ހާލަތަކަށް ތައްޔާރަށް ތިބި ސަރުކާރުން ނަތީޖާއެއް ނުނެރެވި 600 މިލިއަން ރުފިޔާ ހުސްކޮށްފި ކަމަށާއި ލިބުނީ މަދު ވެންޓިލޭތަރު ތަކެއް ކަމަށެވެ. އަދި ބޮޑު ތަހުގީގެއް ހިންގޭނެ ދުވަހަކަށް އިންތިޒާރު ކުރާ ކަމަށް ޑރ.ޖަމީލު ވިދާޅުވިއެވެ.
ކޮވިޑު-19 އާއި ގުޅިގެން ސަރުކާރުން ވަނީ ބޮޑެތި ހަރަދުތަކެއް ކޮށްފައެވެ. ނަމަވެސް އެ ހަރަދުތައް ކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. މިގޮތުން ކޮވިޑު-19 ޖެހޭ މީހުން އައިސޮލޭޓު ކުރުމަށް ވަރަށް ބޮޑު ހަރަދެއްކޮށް ތައްޔާރުކުރި ފަރުކޮޅުފުށި ވެސް މިހާރު ވަނީ ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައެވެ.
މީގެ އިތުރުން ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ގެންނަން ޖެހޭ ވެންޓިލޭޓަރު ގެނައުންވެސް ވަރަށް ބޮޑަށް ވަނީ ލަސްވެފައެވެ. އަދި އެ މަސައްކަތްވެސް ހަވާލު ކުރީ ބިޑު ކުރުމެއް ނެތި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުންވެސް ދަނީ ތުހުމަތު ކުރަމުންނެވެ.
މި ލިއުމާއި ގުޅޭ