ޢުމުރުން ދުވަސްވީ ފަރާތްތަކާއި ދާއިމީކޮށް ފަރުވާ ހޯދާ ފަރާތްތަކަށް އިތުރަށް ސަމާލުކަންދީ: އިދިކޮޅު

ޙުސައިން އަފްޝަން 30 އޭޕްރީލު 2020 18:33
Flowers
އިދިކޮޅު ކޯލިޝަނުގެ ނޫސްވެރިން ބައްދަލުވުމެއްގެ ތެރެއިން

ޢުމުރުން ދުވަސްވީ ފަރާތްތަކާއި ދާއިމީކޮށް ބަލިތަކަށް ފަރުވާކުރަމުންދާ ފަރާތްތަކާމެދު އިތުރަށް ސަމާލުވުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ. 

މިގޮތަށް އެކޯލިޝަނުން ގޮވައިލީ އެކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައެވެ. މިބަޔާނަކީ ދިވެހިރާއްޖޭގައި ކޮވިޑް-19 ބަލީގައި މީހަކު ނިޔާވުމާ ގުޅިގެން އެކޯލިޝަނުން ނެރުނު ބަޔާނެކެވެ. އެބަޔާނުގައި ޕްރޮގުރެސިވް ކޯލިޝަނުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނާއި ކޯލިޝަނުގެ ބައިވެރިންގެ ނަމުގައި، ނިޔާވި ފަރާތުގެ ޢާއިލާއަށް ތަޢުޒިޔާ ކިޔާފައިވެއެވެ. 

އަދި އިއްޔެ ނިޔާވި އާމިނަތު އާދަމަކީ ޢުމުރުން ދުވަސްވެފައިވުމާއެކު، ދާއިމީ ޞިފައެއްގައި ބޭސްކުރަމުންދާ ފަރާތަކަށްވީއިރު، ބައްޔަށް ކުރިން ޕޮޒިޓިވްވި މީހެއް އާނާއާ ބައްދަލުވެފައިވުމާއެކު، އޭނާގެ ގެ މޮނީޓަރިން ޙާލަތަށް ގެނެސް އޭނާ ގޭގައި ބެހެއްޓުމަކީ ސުވާލު އުފެދޭ ކަމެއް ކަމުގައި އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އޭނާ ކިބައިން ބަލީގެ ޢަލާމާތްތައް ފެނުމާއެކު ޓެސްޓުކުރުމަށް ސާމްޕަލް ނެގުމަށް ޢާއިލާއިން އެދުމާއެކު، އެކަން ލަސްވުމަކީވެސް ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމުގައި އެބަޔާނުގައި ބުނެފައިވެއެވެ. ހަމައެއާއެކު ޓެސްޓުގެ ނަތީޖާ ލިބުނީ އޭނާ ނިޔާވި ފަހުން ކަން ފާހަގަކޮށް އެކަމާމެދުވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. 

އަދި މިކޭސްގައި ސަރުކާރުގެ ސަމާލުކަން ކުޑަ ކަމުގައާއި ފަރުވާކުޑަކޮށްފައިވާ ކަމުގައި އެކޯލިޝަނުން ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް ޢުމުރުން ދުވަސްވީ މީހުންނާއި ކުރިއްސުރެ އެކި ބަލިތަކަށް ދިގުމުއްދަތުގެ ފަރުވާކުރާ ފަރާތްތަކަށް ޚާއްޞަ ސަމާލުކަން ދިނުމަށް ގޮވާލާފައިވެއެވެ. އަދި ބައްޔަށް ޝައްކުވާ ފަރާތްތަކުގެ ތެރެއިން ބަލީގެ ނުރައްކާ ބޮޑު ފަރާތްތަކުގެ ޓެސްޓު ނަތީޖާ ލިބެންދެން މަޑުނުކޮށް އެފަރާތްތަށް މޮނިޓާކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އިދިކޮޅު ކޯލިޝަނުންވަނީ އިލްތިމާސްކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ޖުހާ
އަދިކިރިޔާތަ އުމުރުން ދުވަސްވިމީހުންގެ މަތިން ހަދާންވީ ހާދަލަހޭއަފްޑޭޓުވާލެއް