Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ބައެއް ވަޒީރުން ޑައިރެކްޓު ކޮންޓެކްޓުންނަށްވެ އައިސޮލޭޝަނުގައި އެބަ ތިއްބެވި

ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވި ފަރާތްތަކާ ސީދާ ބައްދަލުވެފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާތީ ބައެއް ވަޒީރުން އެކަހެރިކޮށްފައިވާ ކަމުގެ މަޢުލޫމާތު ފަތުރުވެރިކަމާ ބެހޭ ވަޒީރު ޢަލީ ވަޙީދު ހާމަކުރައްވައިފިއެވެ.
މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ މިވަގުތު ހުރިހާ ފަރާތްތަކުން މަސައްކަތްކުރަމުންދަނީ ކޮންމެ ވަގުތެއްގައިވެސް ޞިއްޙީ ބަންދަކަށް ކަރަންޓީނުގެ ޙާލަތަކަށް ދާން ޖެހިދާނެ ކަން ރަނގަޅަށް އެނގި ތިބެ ކަމުގައެވެ.
އަދި މިވަގުތު މަސައްކަތްކުރަމުންދަނީ އެކަކު އެއްފަރާތްކޮށް އެކަހެރިކުރަންޖެހުމުން އަނެކަކު މަސައްކަތަށް ނުކުންނަ ގޮތަށް ކަމުގައިވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ. ޢަލީ ވަޙީދު ވިދާޅުވި ގޮތުގައި މިހާރުވެސް ބައެއް ވަޒީރުން މަސައްކަތަށް ނުކުމެވަޑައިނުގެންނެވޭ ގޮތަށް އެކަހެރިކޮށް އެބަތިއްބެވިއެވެ. އެއީ ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަޔަކާ ސީދާ ބައްދަލުވެފައިވާތީ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަދި މިސަބަބަށްޓަކައި ވަޒީރުންގެ މަޖިލިސް މިހާރު ތަރުތީބުކޮށްފައިވަނީ އެންމެން އެއް ފަހަރާ ނުގެއްލޭނެ ގޮތަކަށް ކަމުގައިވެސް އޭނާ ވިދާޅުވިައެވެ.
ނޭޝަނަލް އެމަޖެންސީ އެޕަރޭޝަން ސެންޓަރުގައި މިވަގުތު މަސައްކަތްކުރައްވާ ވަޒީރުންނަކީ ޢަލީ ވަޙީދުގެ އިތުރަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲއާއި ޞިއްޙީ ވަޒީރު ޢަބްދުﷲ އަމީންގެ އިތުރަށް ޕްލޭނިން މނިސްޓަރު މުޙައްމަދު އަސްލަމެވެ.
އަދި މިނިސްޓަރު ވިދާޅުވި ގޮތުގައި މަސައްކަތަށް ނުކުމެވަޑައިގެން އެންއީއޯސީގައި އުޅުއްވާ ކޮންމެ ބޭފުޅަކުވެސް ބަލި މީހަކާ ސީދާ ބައްދަލުވި ފަރާތަކަށްވުމުގެ ފުރުޞަތު އެބަ އޮތެވެ. ރައީސުލްޖުމްހޫރިއްޔާ ސަރުކާރު ތަރުތީބުކުރައްވާފައިވަނީ މިހާރު މިއޮތް ޙާލަތު ކިތަންމެ ނުރައްކާ ޙާލަތަކަށް ދިޔަސް ސަރުކާރުގެ މަސައްކަތަށް ބުރޫ ނާރައި ކުރިއަށްދާނެ ގޮތަށް ކަމުގައި ޢަލީ ވަޙީދު ވިދާޅުވިއެވެ.
މިވަގުތު އަމިއްލައަށް އެކަހެރިވެވަޑައިގެން ތިއްބެވި ވަޒީރުންނަކީ ޔޫތު މިނިސްޓަރު އަޙްމަދު މަޚުލޫފާއި އިޤުތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ކަމުގައި ޢަލީ ވަޙީދު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ