Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މާލެއިން 36 މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެ

މާލެއިން 36 މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން ހާމަކުރި ގޮތުގައި އަލަށް ޕޮޒިޓިވް ވެފައިވަނީ 29 ބަންގްލަދޭޝް މީހުންނާއި 6 ދިވެހިންނާއި 1 އިންޑިއާމީހެކެވެ. މީގެ ތެރެއިން 30 މީހުން ދިރިއުޅެމުން ދިޔައީ ވަރަށް ނާޒުކު ހާލަތުގައި ހުރި ތިން ގެއެއްގައި ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. އަދި މި އެންމެންވެސް އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލު ކުރާނެ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
ފުލުހުން ދަނީ، މާލޭގައި ބިދޭސީން ދިރިއުޅޭ ގެތައް މިހާރު މޮނިޓަރ ކުރަމުންނެވެ. މާލޭގައި ގިނަ އަދަދަކަށް ބިދޭސީން ކުޑަކުޑަ ތަންތަންކޮޅުގައި ތޮއްޖެހިގެން ދިރިއުޅެއެވެ. މިހާތަނަށް މާލެއިން ކޮވިޑު-19 އަށް ޕޮޒިޓިވް ވި ގިނަ ބިދޭސީން އުޅެމުން ދިޔައީ އެފަދަ ތަންތަނުގައެވެ.
މިއަދު ޕޮޒިޓިވްވި 36 މީހުންނާއި އެކު ރާއްޖެއިން ކޮވިޑު-19 އަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު 177 އަށްވަނީ އަރާފައެވެ. އަދި މިއީ އެއް ދުވަސް ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވި ދުވަސްކަން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ