Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ދެކުނު އޭޝިއާގައި ކޮވިޑު-19 ޖެހުނު މީހުންގެ އަދަދު 37،000 އަށް އަރައިފި

ދެކުނު އޭޝިއާގެ ޤައުމުތަކުގައި ކޮވިޑު-19 ޖެހުނު މީހުންގެ އަދަދު 37،000 އަށް އަރައިފިއެވެ.
މީގެ ތެރެއިން ދެބައިކުޅައެއްބައި މީހުންނަށް ކޮވިޑު-19 ޖެހިފައިވަނީ އިންޑިއާގައެވެ. ކޮވިޑު-19 އާއި ގުޅިގެން ދެކުނު އޭޝިއާގެ ޤައުމުތަކުގެ އިޤްތިސާދަށް ވަނީ ބޮޑެތި ގެއްލުންތައްވެފައެވެ. އަދި އެތައް މިލިއަން ބަޔަކު އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތްތައް ހުއްޓާލަންޖެހި ދިރިއުޅުން އެއްކޮށް ވަނީ ހުއްޓިފައެވެ.
ދެކުނު އޭޝިއާއިން އެންމެ ބޮޑަށް ކޮވިޑު-19 ފެތުރިފައިވާ އިންޑިއާގައި 21،000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު ބުރާސްފަތިފުވަހު އެކަނި ވަނީ 1400 އާ ކޭސް ފެނިފައެވެ. އިންޑިއާގެ އިތުރުން ޕާކިސްތާނުގައިވެސް ދަނީ ކޮވިޑު-19 ފެތުރެމުންނެވެ. މިގޮތުން އެ ޤައުމުގައި 10،000 މީހުންނަށް ވަނީ ކޮވިޑު-19 ޖެހިފައެވެ.
އިންޑިއާ އާއި ޕާކިސްތާނަށްފަހު ދެން އެންމެ ގިނަ މީހުންނަށް ކޮވިޑު-19 ޖެހިފައިވަނީ ބަންގްލަދޭޝް އިންނެވެ. އެ ޤައުމުގައި 4000 އެއްހާ މީހުންނަށް ކޮވިޑު-19 ޖެހިފައިވާއިރު 127 މީހުން ވަނީ މަރުވެފައެވެ. 4 ވަނައަށް އެންމެ ގިނަ މީހުންނަށް މި ސަރަހައްދުން ކޮވިޑު-19 ޖެހިފައިވަނީ އަފްޣާނިސްތާނުންނެވެ. އެ ޤައުމުގައި 1200 އެއްހާ މީހުންނަށް ކޮވިޑު-19 ޖެހިފައިވާއިރު 50 މީހުން ވަނީ މަރުވެފައެވެ.
ދެން އެންމެ ގިނަ މީހުންނަށް ކޮވިޑު-19 ޖެހިފައިވަނީ ސްރީލަންކާގައެވެ. އެ ޤައުމުގައި 300 އެއްހާ މީހުންނަށް ކޮވިޑު ޖެހިފައިވާއިރު ލަންކާއަށް ފަހު އެންމެ ގިނަ މީހުންނަށް ކޮވިޑު-19 ޖެހިފައިވަނީ ދިވެހިރާއްޖޭގައެވެ.
މި ސަރަހައްދުގައި އެންމެ މަދުން ކޮވިޑު-19 ޖެހުނު މީހުން ތިބީ ނޭޕާލާއި ބޫޓާނުގައެވެ. ނޭޕާލުގައި 47 މީހަކަށް ކޮވިޑު-19 ޖެހިފައިވާއިރު ބޫޓާނުގައި މި ބަލި ޖެހިފައިވަނީ އެންމެ 7 މީހުންނަށެވެ.
މި ލިއުމާއި ގުޅޭ