Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ދަނޑުވެރިކަމަށް ޚާއްޞަ ސަރުކާރު ކުންފުންޏެއް ރަޖިސްޓަރީކޮށްފި

ދަނޑުވެރިންގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ގަތުމަށާއި ދަނޑުވެރިކަން ކުރިއެރުވުމަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަން "އޭއެންސީ"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދައި ރަޖިސްޓަރީކޮށްފިއެވެ.
ރައްޔިތުން މަޖިލިހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިކުންފުނި ރަޖިސްޓަރީކޮށްފައިވާކަން އިޢުލާނުކުރެއްވީ އިޤުތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި މިކުންފުންޏަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުގައި އޮންނަ މޯލްޑިވްސް ފަންޑު މެނޭޖްމެންޓު ކުންފުނީގެ ދަށުގައި އޮތް ކުންފުންޏެއް ކަމުގައެވެ. މިކުންފުނި ރަޖިސްޓަރީކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި މިކުންފުނި ރަޖިސްޓަރީކުރުމަށް ނިންމާފައިވަނީ ދައުލަތުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ކަމުގައިވާ އެސްޓީއޯއީން ދަނޑުވެރިންގެ އުފެއްދުންތައް ގަންނަ ގޮތަށް ހަމަޖެހުނަސް އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައިނުގަންނަވާތީއެވެ. އެސްޓީއޯއާއި ދަނޑުވެރިކަމާއި ބެހޭ ވުޒާރާއާ ގުޅިގެން ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި އެސްޓީއޯއިން ވަނީ ދަނޑުވެރިންގެ އުފެއްދުންތަކުގެ ތެރެއިން ވަކި ބާވަތްތަކެއްގެ އުފެއްދުންތައް ގަތުމަށް ނިންމާފައެވެ.
އަދި ވަކި ކުންފުންޏެއް އުފެއްދުމަށް ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި އޭގެ އިތުރަށް 17 ބާވަތެއް ބޭރުކުރުން ހުއްޓައިލުމަށް ކަނޑައަޅާފައިވާ ކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން އެކަށީގެންވާ މުނާސަބު އަގުތަކެއް ކަނޑައަޅައިގެން، ރަށްތަކަށް ޚާއްޞަ ކޯޓާތަކެއް ދޫކޮށްގެން ދަނޑުވެރިންނާ އެއްބަސްވުންތަކެއް ހަދައިގެން، އެފަރާތްތަކަށް އެޑްވާންސް ޕޭމަންޓުދިނުން ފަދަ ކަންކަން ކުރުން ކަމުގައި ފައްޔާޒު ވިދާޅުވިއެވެ.
އަދި ދަނޑުވެރިކަމުގައި އެކުންފުނިން ކުރާ މަސައްކަތުން ރާއްޖޭގެ ދަނޑުވެރިކަން ރަނގަޅު ފެންވަރަށް ދިއުމުން ހިއްސާގެ ބާޒާރުގައި ކުންފުނި ރަޖިސްޓަރީކޮށް ކޮންމެވެސް މިންވަރަކަށް އެކުންފުނީގެ ހިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކަން ވިސްނަވާ ކަމުގައިވެސް އިޤުތިޞާދީ ވަޒީރު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ