Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކޮންޓެކްޓުވި މީހުންގެ މައުލޫމާތު ނުދޭ މީހާގެ ވަނަވަރު ހާމަކުރަނީ

މާލެއިން ކޮވިޑު-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނޭ މީހަކު އޭނާ ކޮންޓެކްޓުވި މީހުންގެ ފުރިހަމަ މައުލޫމާތު ނުދޭކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ދަރުބާރުގޭގާއި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮންޓްކެޓް ޓްރޭސިން އަށް ބޭނުންވާ މައުލޫމާތު ނުދޭ މީހަކު އެބަހުރި ކަމަށާއި މިރެއާއި ހަމައަށް އެ މައުލޫމާތު ނުދީފިނަމަ އެމީހާގެ ވަނަވަރު ހާމަކުރާނެ ކަމަށެވެ.
މިއަދު މަބްރޫކް ހާމަކުރެއްވި ގޮތުގައި އެމީހާގެ މައްސަލަ ވަނީ މިހާރު ފުލުހުހަށްވެސް ހުށަހަޅާފައެވެ.
ދާދި ފަހުން ސަރުކާރުން ވަނީ ބަލިތައް ޖެހޭ މީހުންގެ ވަނަވަރު ބޭނުން ޖެހިއްޖެ ހާލަތެއްގައި ހާމަކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ދީފައެވެ.
މި ލިއުމާއި ގުޅޭ