މިވަގުތު މުހިއްމީ ސިޔާސީ ޝޯއެއް ނޫން: ސަޢީދު

އައިޝަތު ހަނާ 15 އޭޕްރީލު 2020 18:29
Flowers
ރައްޔިތުން މަޖިލިހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު

މިވަގުތު މުހިއްމީ ސިޔާސީ ޝޯއެއް ނޫންކަމުގައި ރައްޔިތުން މަޖިލިހުގެ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ސަޢީދު މިފަދައިން ވިދާޅުވީ ކޮވިޑް-19 ބައްޔަށް މާލެއިން މީހެއް ޕޮޒިޓިވްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޤައުމާ މުޚާޠަބުކުރައްވައި ދެއްވި ތަޤުރީރަށް އިޝާރާތްކުރައްވަމުންނެވެ. ސަޢީދު ވިދާޅުވީ މިވަގުތަކީ "ޕަބްލިކް ސްޓަންޓު" މުހިއްމުވާ ވަގުތެއް ނޫން ކަމުގައެވެ. 

އަދި އޭގެ އިތުރަށް ސަޢީދު ވިދާޅުވި ގޮތުގައި، މިވަތު އެންމެ މުހިއްމީ ތެދު މަޢުލޫމާތު ރައްޔިތުންނަށް ހާމަކުރުން ކަމުގައެވެ. އަދި ރައްޔިތުންނަށް ބޭނުންވަނީ އިތުބާރާއި ޔަޤީންކަން ކަމުގައިވެސް ސަޢީދު ފާހަގަކުރެއްވިއެވެ. އަދި އެންމެ މުހިއްމީ ﷲ ސުބްޙާނަހޫ ވަތަޢާލާ ޙަޟުރަތުގައި އިޚުލާޞްތެރިކަމާއެކު ހެޔޮ ދުޢާދެންނެވުން ކަމުގައިވެސް ވިދާޅުވިއެވެ. 

އަދި އޭގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ދެއްވި ތަޤުރީރުގައި އޯގާތެރިވުމަށް ގޮވައިލެއްވިއިރު ޤައުމުގެ އިދިކޮޅު ލީޑަރަށް އޮޅުވާލުމެއްގެ ތެރޭގައި ދެމުންދަނީ އަނިޔާ ކަމުގައިވެސް ސަޢީދު ވިދާޅުވިއެވެ. ސަޢީދު އިޝާރާތްކުރެއްވީ އިދިކޮޅު ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޔާމީނުގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ކަމުގައި ކަނޑައަޅައި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމަށެވެ. 

މިއަދު ކޮވިޑް-19އަށް މާލެއިން ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވެފައިވާއިރު، މާލެ 24 ގަޑިއިރަށް ފުރަބަންދަކަށް ގެންދިއުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އަދި މާލޭގެ މަގުމައްޗަށް ފުލުހުންގެ ހުއްދަ ހޯދުމަކައިނުލާ ނުކުތުން މިހާރުވަނީ މަނާކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ޙޮޅި
ތި ހައްދަވަނީ ގޯސް.