Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކައުންސިލް އިންތިޚާބު ބާއްވަންޖެހޭ ދުވަހަށް ބޭއްވޭނެ ގޮތެއް ނެތް: އިލެކްޝަންސް ކޮމިޝަން

ޤާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލް އިންތިޚާބު ބާއްވަންޖެހޭ މުއްދަތުގައި ކައުންސިލް އިންތިޚާބު ބޭއްވޭނެ ގޮތެއް ނެތް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.
ކައުންސިލް އިންތިޚާބު ބާއްވަން ކުރިން ހަމަޖެއްސީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ކޮރޯނާ ވައިރަސް ދިވެހިރާއްޖެއިން ފެނުމާ ގުޅިގެން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމާއެކު، އިންތިޚާބު ބާއްވާ ދުވަސް މިމަހުގެ 18 ވަނަ ދުވަހަށް ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއެވެ. އެއީ ޤާނޫނުގައިވާ ގޮތުގެ މަތިން އެކޮމިޝަނަށް ލިބިދޭ ބާރުގެ ބޭނުންކޮށްގެން އިންތިޚާބު ފަސްކުރެވޭނެ އެންމެ ފަހުގެ ތާރީޚު ކަމުގައި އެކޮމިޝަނުން ބުނެފައިވެއެވެ.
ޤާނޫނުގައި އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ މުއްދަތުގައި އެއިންތިޚާބު ނުބޭއްވޭނެ ކަމުގައި ލަފާކުރެވޭތީ އިންތިޚާބު ފަސްކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ކޮމިޝަނުން ހުށަހެޅިއެވެ. އެއަށްފަހު މައްސަލަ ހައިކޯޓުން ނަގައި ސުޕްރީމް ކޯޓަށްވެސް ހުށަހެޅިއެވެ. އެންމެ ފަހުން މައްސަލާގައި ގޮތެއް ނިންމުމަށް ކޮމިޝަނުން އެދިފައިވަނީ ރައްޔިތުން މަޖިލިހުގައެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ 4 އޭޕްރީލުގައި ބޭއްވުމަށް ނިންމި ކައުންސިލް އިންތިޚާބު 18 ވަނަ ދުވަހަށް ފަސްކުރި ނަމަވެސް، 18 ވަނަ ދުވަހު އިންތިޚާބު ބޭއްވޭނެ ފަދަ މާހައުލެއް ނެތުމާއެކު، އިންތިޚާބު ބޭއްވުމަށް ޤާނޫނުން ލިބިފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބު ނުބޭއްވޭނެ ކަމަށް އެކޮމިޝަނުން ކަނޑައަޅައިފި ކަމުގައެވެ.
އިންތިޚާބު ބޭއްވުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އިންތިޚާބު ނުބޭއްވޭ ޙާލަތުގައި މިހާރު ތިބި ކައުންސިލަރުންގެ ދައުރާމެދު ގޮތެއް ނިންމުމުގައި ރައްޔިތުން މަޖިލިސް މެންބަރުންގެ ވިސްނުންފުޅުވަނީ ކަފިވެފައެވެ.
މި ލިއުމާއި ގުޅޭ