Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކޮވިޑު-19 ޖެހުނު މީހުންގެ އަދަދު 1.7 މިލިއަނަށް އަރައިފި

މުޅި ދުނިޔެއިން ކޮވިޑު-19 ޖެހުނު މީހުންގެ އަދަދު 1.7 މިލިއަނަށް އަރައިފިއެވެ.
އަދި މިބަލީގައި 1 ލައްކައަށްވުރެ ގިނަ މީހުން މިހާރުވަނީ މަރުވެފައެވެ. އެންމެ ފުރަތަމަ މި ބަލީގައި މީހަކު މަރުވި ކަމަށް ރިޕޯޓުކޮށްފައިވަނީ 9 ޖެނުއަރީގައި ޗައިނާގެ ވުހާން ސިޓީއިންނެވެ. އޭގެ ފަހުން 83 ދުވަސް ތެރޭގައި 50،000 މީހުންވަނީ މިބަލީގައި މަރުވެފައެވެ. އަދި އޭގެ 8 ދުވަސް ތެރޭ 100،000 އަށްވުރެ ގިނަ މީހުން އެބަލީގައި މަރުވިއެވެ.
މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދިޔައީ ދުވާލަކު 6-10 އިންސައްތަ އާއި ދެމެދުގެ އަަދަދެއްގައެވެ. މި ހަފްތާ ތެރޭގައި އެއްދުވަސް ތެރޭ 7300 މީހުން ވަނީ މަރުވެފައެވެ. މިއީ 1600 ގެ އަހަރުތަކުގެ ތެރޭގައި އިނގިރޭސި ވިލާތުގެ ލަންޑަނުގައި ފެތުރުނު ތާއޫން ބަލީގައި މީހުން މަރުވި އަދަދާއި އެއްވަރުގެ އަދަދެކެވެ.
އަދިވެސް ކޮވިޑު-19 އަށް ވެކްސިން އެއް ހޯދިފައި ނުވާއިރު އެ ވައިރަސް އާއި ގުޅޭ ވަރާށް ގިނަ ކަންކަން އަދިވެސް ސިއްހީ މާހިރުންނަށް ހޯދިފައިނުވެއެވެ.
މިހާތަނަށް އެންމެ ބޮޑަށް ކޮވިޑު-19 ފެތުރިފައިވަނީ އެމެރިކާގައެވެ. މިގޮތުން އެ ޤައުމުގައި 5 ލައްކަ އަށްވުރެ ގިނަ މީހުންނަށް އެ ބަލިޖެހި 18700އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިބަލީގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައި ވަނީ އިޓަލީގައެވެ. މިގޮތުން އެ ޤައުމުގައި 18800 މީހުން ވަނީ ކޮވިޑު-19 ޖެހިގެން މަރުވެފައެވެ.ކޮވިޑު-19 ޖެހުނު މީހުންގެ އަދަދު 1.7 މިލިއަނަށް އަރައިފި
މި ލިއުމާއި ގުޅޭ