Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ފުރައިގެން ދިޔަ ފަހުން ބައްޔަށް ޕޮޒިޓިވްވި މީހާއާ ގުޅިގެން 33 މީހުން އެކަހެރިކުރެވިފައިވޭ

ރާއްޖޭގެ ދެރިސޯޓެއްގައި މަސައްކަތްކުރި ފަރާތެއް ދިވެހިރާއްޖެއިން ފުރައިގެން ދިޔަ ފަހުން ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ހެދުނު ކޮންޓްރެކްޓު ޓްރޭސިންގެ ނަތީޖާއެއްގެ ގޮތުން މިހާތަނަށް 33 ފަރާތެއް އެކަހެރިކުރެވިފައިވެއެވެ.
ސަރުކާރުގެފަރާތުން ކޮވިޑް-19އާ ގުޅިގެން މަޢުލޫމާތު ހާމަކުރުމަށް ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކު ޢަޒީޒު މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ މިހާތަނަށް މިމައްސަލާގައި ކަރަންޓީނުކުރެވިފައިވަނީ 33 ފަރާތް ކަމުގައެވެ. ބޭރަށް ފުރައިގެން ދިޔަ މީހާ މަސައްކަތްކުރި ދެ ރިސޯޓު ކަމުގައިވާ ބޮޑުފުށި އަދި ޖޮވެލި ރިސޯޓު މިހާރުވަނީ މޮނިޓަރިން ހާލަތަށް ގެނެވި އެދެރަށުގައިވެސް ކޮންޓެކްޓު ޓްރޭސިން މިހާރުވެސް ކުރިއަށް ގެންދާ ކަމުގައި މަބްރޫކު ވިދާޅުވިއެވެ.
އަދި މަބްރޫކު ވިދާޅުވި ގޮތުގައި މިހާތަނަށް މިކަމާ ގުޅިގެން އެކަހެރިކުރެވިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ބައްޔަށް ޕޮޒިޓިވްވި މީހާ ގޮވައިގެން އެއާޕޯޓަށް ދަތުރުކުރި ފަރާތްތަކުގެ އިތުރަށް ރިސޯޓުގެ ބައެއް މުވައްޒަފުން ކަމުގައެވެ. އަދި އެއާޕޯޓުގެ ގުރައުންޑު މުވައްޒަފުންގެ އިތުރުން ފުލައިޓުގެ ކުރޫއިންވެސް މިހާރުވަނީ އެކަހެރިކުރެވިފައި ކަމުގައިވެސް މަބްރޫކު ވިދާޅުވިއެވެ.
އަދި މިމައްސަލައާ ގުޅިގެން މިހާތަނަށް 33 މީހުން އެކަހެރިކުރެވިފައިވާއިރު 21 ފަރާތެއްގެ ސާމްޕަލް ނެގިފައިވާ ކަމުގައިވެސް މަބްރޫކު ވިދާޅުވިއެވެ.
މިހާތަނަށް ދިވެހިރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. އޭގެ ތެރެއިން 13 މީހަކަށް ފަރުވާ ދެވިފައިވާއިރު އިތުރު 2 ފަރާތެއް ބައްޔަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. މިހާުރ ފަރުވާދެމުންދަނީ 4 މީހަކަށެވެ.
މި ލިއުމާއި ގުޅޭ