Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

ޖޫރިމަނާ ގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ

ފާއިތުވި ފެބްރުއަރީ މަހު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ޖެނުއަރީ މަހާ އަޅާ ބަލާއިރު އިތުރުވެއްޖެއެވެ.
މިގޮތުން ފެބްރުއަރީ މަހު ޖޫރިމަނާގެ ގޮތުގައި ލިބިފައިވަނީ 26.3 މިލިއަން ރުފިޔާއެވެ. އަދި ޖެނުއަރީ މަހު ޖޫރިމަނާގެ ގޮތުގައި ލިބިފައިވަނީ 18.1 މިލިއަން ރުފިޔާއެވެ. މިއަހަރުގެ ޖެނުއަރީ މަހަށްވުރެ ޖޫރިމަނާގެ ގޮތުގައި ލިބުނު އާމްދަނީ ފެބްރުއަރީ މަހު އިތުރު ވިނަމަވެސް ފާއިތުވި އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު ޖޫރިމަނާތަކުން ލިބުނު އާމްދަނީ މަދުކަން ފާގަހަކޮށްލެވެއެވެ.
މިގޮތުންފާއިތުވި އަހަރުގެ ފެބްރުއަރީ މަހު ޖޫރިމަނާގެ ގޮތުގައި 34.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.ފެބްރުއަރީ މަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ލިބިފައިވަނީ 44.9 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖޫރިމަނާގެ ގޮތުގައި 58.3 މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް އާމްދަނީ ލިބޭ ވަސީލަތްތަކުގެ ތެރޭގައި ޕާކިން ސްޓިކަރ ޖަހައިގެ ލިބޭ ޖޫރިމަނާ ތަކާއި ދައުލަތުގެ މުދާ ކުއްޔަށް ދިނުމަށް ފަހު މުއްދަތު ހަމަވެގެން އިތުރަށް ދައްކަން ޖެހޭ ފައިސާ އާއި އެކިއެކި ފީތައް ދައްކަން އޮންނަ މުއްދަތުގައި ނުދެއްކުމުން އިތުރަށް އަރާ ފައިސާ ހިމެނެއެވެ.
މި ލިއުމާއި ގުޅޭ