Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ފުވައްމުލަކު ރިންގް ރޯޑް މަސައްކަތް މިއަހަރުގެ އޯގަސްޓް މަހު ނިމޭނެ: އެމްޓީސީސީ

ފުވައްމުލަކުގައި ތަރައްޤީ ކުރަމުންދާ ރިންގްރޯޑުގެ މަސައްކަތް މިއަހަރުގެ އޯގަސްޓް މަހުގައި ނިމޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ފުވައްމުލަކުގެ ރިންގްރޯޑުގެ 87 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް މަގުގެ ހުރިހާ މަސައްކަތެއް ނިމޭނެ ކަމަށެވެ. އަދި މަސައްކަތް ނިމޭއިރު މަގުގެ 20،650 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި ތަރައްގީ ކުރެވޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދަނީމަގުގެ ދެ ފަރާތުގައި 10،325 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް އެޅުމުގެ މަސައްކަތް ކަމަށެވެ.
ފުވައްމުލަކުގެ ރިންގްރޯޑުގެ މަސައްކަތަކީ ސަރުކާރުން އެމްޓީސީސީއާއި ކޮންޓްރެކްޓަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. ގާތްގަނޑަކަށް 32 މިލިޔަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާ މިމަޝްރޫއުގައި 24،300 އަކަމީޓަރުގެ ރިންގް ރޯޑެއް ހެދުމާއެކު، ލެޑްބައްތި ޖެހުމާއި ފެން ހިންދާ ނިޒާމު ގާއިމު ކުރުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތް އެމްޓީސީސީއާއި ސަރުކާރުން ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗް މަހުގެ ތެރޭގައެވެ.
މި ލިއުމާއި ގުޅޭ