Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރާއްޖެ ދޫކޮށް ދިޔަފަހުން ކޮވިޑު-19 އަށް ޕޮޒިޓިވް ވީ ރިސޯޓުގެ މުވައްޒަފެއް

ޖޯލި މޯލްޑިވްސް ރިސޯޓާއި ރ.ބޮޑުފުށި ރިސޯޓްގައި އުޅުމަށްފަހު ރާއްޖެ ދޫކޮށް ދިޔަ ފަހުން ކޮވިޑު-19 އަށް ޕޮޒިޓިވް ވިކަން އެނގުނު ބިދޭސީ މިހާއަކީ އެ ދެރިސޯޓު ހިންގާ ކުންފުނީގެ މުވައްޒަފެއްކަން ސަރުކާރުން ހާމަކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑު-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެފައިވާ ގޮތުގައި އެއީ ތުރުކީ ވިލާތުގެ މީހެކެވެ. އެމީހާ ކޮވިޑު-19 އަށް ޕޮޒިޓިވް ވިކަން އެނގުނީ އަނބުރާ ގައުމަށް ގޮސް ޓެސްޓު ކުރުމުންނެވެ.
މިކަމާއި ގުޅިގެން އެޗްޕީއޭއިން ވަނީ މި ދެ ރަށް މޮނީޓަރިން ހާލަތަށް ގެނެސް އަރާ ފޭބުން މަނާކޮށްފައެވެ. އޭނާ ރާއްޖެއިން ފުރައިގެން ދިޔައީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގައެވެ. އަދި އޭނާ ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައިވަނީ އީއްޔެގެ ވަގުތެއްގައެވެ.
މިހާތަނަށް ކޮވިޑު-19 ހުރިތޯ ބަލަން 2010 ސާމްޕްލް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން 1011 ސާމްޕްލް ނެގެޓިވް ކަމަށް މިރޭ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި މިވަގުތު ކޮވިޑު-19 ޖެހިގެން ފަރުވާ ދެނީ 4 ފަރާތަކަށެވެ. އައިސޮލޭޝަން ގައި 12 ފަރާތަކުން ތިބި އިރު ކަރަންޓީނުގައި 878 ފަރާތެއް އެބަތިއްބެވެ.
މި ލިއުމާއި ގުޅޭ