Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ދީނީ ޗެނަލެއް ކަމަށްވާ "ޕީސް ޓީވީ" ރާއްޖޭގައި ނުފެންނަ ގޮތަށް ހަދައިފި

ދީނީ ޗެނަލެއް ކަމަށްވާ "ޕީސް ޓީވީ" ރާއްޖޭގައި ނުފެންނަ ގޮތަށް ހަދައިފިއެވެ.
އެ ޗެނަލް މީގެ ކުރިން ދައްކަމުން އަންނަ މީޑިއާނެޓުން މިހާރު އެ ޗެނަލް ނުފެނެއެވެ. "ޕީސް ޓީވީ" އަކީ ވަރަށް ގިނަ މަޝްހޫރު ދީނީ އިލްމުވެރިންގެ ދަރުސްތަކާއި ޕްރޮގްރާމްތައް ގެނެސްދީ ޗެނަލްއެކެވެ. އެ ޗެނަލް އަކީ މަޝްހޫރު ދާއީ ޒާކިރު ނައިކް ހިންގަވާ ޗެނެލްއެކެވެ.
ޕީސްޓީވީ ދެއްކުން މީޑިއާ ނެޓުން ހުއްޓާލުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ޗެނަލް ދެއްކުން ހުއްޓާލީ ކީއްވެގެން ކަމެއް މީޑިއާ ނެޓުން ހާމަކޮށްފައިނުވެއެވެ. ޕީސްޓީވީ ހިންގާ ޒާކިރު ނައިކް އަށް އިންޑިއާ ސަރުކާރުން ވަނީ ޓެރަރިޒަމް ގެ ތުހުމަތުކޮށްފައެވެ. އަދި އިންޑިއާއަށް އަނބުރާ ގޮސްފިނަމަ ޒާކިރު ނައިކު ހައްޔަރު ކުރާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޒާކިރު ނައިކު ރާއްޖެ އަންނަން މަސައްކަތް ކުރެއްވި ކަމަށާއި ޒާކިރު ނައިކަށް ރާއްޖެ އައުމަށް އެމަނިކުފާނު ފުރުސަތު ނުދެއްވާކަމަށް ވިދާޅުވެފައެވެ.
މީޑިއާނެޓުން ޕީސްޓީވީ ހުއްޓާލާފައިވާއިރު މީޑިއާނެޓަކީ ވެރިކަން ކުރާ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނުގެ ހިއްސާ އޮންނަ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ