Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އިތުރު 5،000 ޓެސްޓު ކިޓު ރާއްޖެއަށް ލިބިއްޖެ

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދިވެހިރާއްޖެއަށް، ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ބޭނުންކުރާ ކިޓުގެ 5،000 ކިޓު ހަދިޔާކޮށްފިއެވެ.
މިކިޓުތައް ދިވެހިރާއްޖެއަށް ދީފައިވަނީ މިއަދު ދަރުބާރުގޭގައި އެކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަރާތުން ހަދިޔާކުރި މިކިޓުތަކާ ރާއްޖޭގެ ފަރާތުން ޙަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނެވެ. ރާއްޖެއަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މީގެ ކުރިންވެސްވަނީ 6،000 ޓެސްޓުކިޓު ހަދިޔާކޮށްފައެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީނު ވިދާޅުވީ ކޮރޯނާ ވައިރަސްއަށް ޓެސްޓުކުރުމުގެ ޤާބިލުކަން ދިވެހިރާއްޖޭގައި އިތުރުކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަމުންދާ ކަމުގައެވެ. އަދި އޭގެ އިތުރަށް ޑަބްލިއުއެޗްއޯއާއި އެޗްޕީއޭ އަދި ޞިއްޙީ ދާއިރާގެ މާހިރުންނާ ގުޅިގެން އަމާޒު ހިފާފައިވަނީ ދިވެހިރާއްޖޭގަިއ ކޮރޯނާ ވައިރަސް ފެތުރުނަ ނުދިނުމަށްޓަކައި ޓެސްޓުކުރުން އިތުުރުކުރުމަށް ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގައި މިބަލި ފެތުރިގެން ހިނގައްޖެނަމަ އެންމެ ބޮޑަށް ބޭނުންވާނީ ޓެސްޓުުރުމުގެ ޤާބިލުކަން އިތުރުކުރުން ކަމުގައިވާތީ އެކަމަށް ތައްޔާރީތައް ވެލައްވަމުން ގެންދަވާ ކަމުގައެވެ.
ހެލްތު މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީގައި އަދި ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގަިއ ބައްޔަށް ޓެސްޓުކުރުން ފުޅާކުރުމުގެ މަސައްކަތް މިހާރުވެސްދަނީ ކުރަމުންނެވެ. އަދި އަތޮޅު ތެރޭވެސް ޓެސްޓުކުރުމުގެ ޤާބިލުކަން ބިނާކުރުމަށް މަސައްކަތްކުރައްވާ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
އަދި މިވަގުތަކީ ސަރުކާރުން ދެމުންދާ އިރުޝާދާއި ލަފައާ އެއްގޮތަށް އެންމެންވެސް އުޅެންވީ ވަގުތު ކަމުގައި ފާހަގަކުރައްވަމުން މިވަގުތު އެއްވެސް ފަރާތަކުން ކަންކަން ލުއިކޮށް ނުނެގުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ. އަދި މިވަގުތަކީ ކަންފަސޭހަކުރަންވީ ވަގުތު ނޫން ކަމުގައި ފާހަގަކުރައްވައި މިމުސީބާތުގެ ތެރެއަށް ރާއްޖެ ސޮއްސައިގެން ގޮސްފައިނުވަނީ ސަރުކާރުން އެޅި ފިޔަވަޅުތަކާއި ސަރުކާރާއި ޞިއްޙީ ފަންނުވެރިންގެ އިރުޝާދަށް ރައްޔިތުން ތަބާވާތީ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިހާތަނަށް މިބައްޔަށް ދިވެހިރާއްޖެއިން ޓެސްޓުކުރެވިފައިވަނީ 1،500 މީހުންނެވެ. އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. 13 މީހަކަށް ފަރުވާ ލިބިފައިވާއިރު ދެމީހަކު ޕޮޒިޓިވްވިކަން އެނގިފައިވަނީ އެމީހުން ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. އިތުރު 4 މީހަކަށް މިހާރުވެސް ފަރުވާދެމުންދެއެވެ.
މި ލިއުމާއި ގުޅޭ