Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ދަތުރުތަކަށް 32 މިލިއަން ރުފިޔާ ހަރަދުކޮށްފި

މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން 26 މާޗުގެ ނިޔަލަށް ދައުލަތުން ދަތުރުތަކަށް 32.8 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ދައުލަތުގެ މާލީ ހިސާބުތަކާއި ބެހޭ ރިޕޯޓުންނެވެ. 26 މަޗުގެ ނިޔަލަށް 32.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ދަތުރުތަކަށް ހަރަދުކޮށްފައިވަނީ 46.4 މިލިއަން ރުފިޔާއެވެ.
ދަތުރުތަކުގެ ހަރަދު މަދުވެފައި މިވަނީ ކޮވިޑު-19 އާއި ގުޅިގެން ރާއްޖެ ތެރޭގައިވެސް އަދި ރާއްޖެއިން ބޭރަށްވެސް ދަތުރު ކުރުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ހުރުމުންކަމަށް ފާހަގަކުރެވެއެވެ. އަދި ދަތުރު ހަރަދު މަދުވާން ފަށާފައިވަނީ ފާއިތުވި ހަފްތާއިން ފެށިގެންކަންވެސް ފާހަގަކޮށްލެވެއެވެ.
މިގޮތުން 27 ފެބްރުއަރީގެ ނިޔަލަށް ދަތުރުތަކަށް 22.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އެ ދުވަހުން ފެށިގެން މާޗު މަހުގެ 26 އާއި ހަމައަށް 10.2 މިލިއަން ރުފިޔާ ވަނީ ދަތުރުތަކަށް ހަރަދުކޮށްފައެވެ. އަދި 27 ފެބްރުއަރީ އިން ފެށިގެން 2 ހަފްތާއަށް އެވަރެޖުކޮށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު ފާއިތުވި ދިޔަ ހަފްތާގައި ދަތުރުތަކަށް ހަރަދުކޮށްފައިވަނީ އެންމެ 2 ލައްކަ ރުފިޔާއެވެ. ދުނިޔޭގެ ގިނަ ޤައުމުތައް ލޮކްޑައުން އަށް ގޮސް ރާއްޖެއަށްވެސް ގިނަ އެއާލައިންތައް އޮޕްރޭޓުކުރުން ހުއްޓާލީ އެ ހަފްތާގައި ކަން ފާހަގަކުރެވެއެވެ.
މިއަހަރު ދަތުރުތަކަށް ސަރުކާރުން ބަޖެޓުކޮށްފައިވަނީ 237.8 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުވެސް ދަތުރުތަކަށް ގިނަ އަދަދަކަށް ފައިސާ ހަރަދުވިއރު ބަޖެޓުގެ ބޭރުންވެސް އެތައް މިލިއަން ރުފިޔާ ދަތުރުތަކަށް ހަރަދުކުރެވުނެވެ.
މި ލިއުމާއި ގުޅޭ