Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދިއުމާ ބެހޭ އުސޫލެއް އެކުލަވާލައިފި

ޖިނާއީ އިޖުރާއާތުގެ ޤާނޫނު އާއި، އޭގެ ދަށުން ހެދިފައިވާ ޝަރީޢަތް ކުރުމާއިބެހޭ ޖިނާއީ އިޖުރާއާތުގެ ޤަވާޢިދާއި އެއްގޮތަށް، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތުގެ މަޖިލިސްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔުމުގެ ކަންކަން ކޯޓުން އިންތިޒާމްކޮށް ހަމަޖެއްސުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް ކްރިމިނަލް ކޯޓުން އެކުލަވާލައިފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ މިއުޞޫލު ފާސްކޮށްފައިވަނީ 28 މާރޗްގައި ޤާޟީންގެ ވައިބާރ ގްރޫޕުގައި ބޭއްވުނު ޤާޟީންގެ ޢާންމު މަޖިލީހުންކަމަށެވެ. މިއުޞޫލުގައި، މުޖްތަމަޢުގައި ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ފެތުރިދާނެ ކަމުގެ ބިރު އޮވެގެން، ޤައުމުގައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާންކޮށްފިނަމަ، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމާއި، ދައުލަތުގެ ވަކީލުންނާއި ދިފާޢީ ވަކީލުންނާއި އިންވެސްޓިގޭޝަން އޮފިސަރުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލީހުގައި ބައިވެރި ކުރުމުގައި ކޯޓުން ޢަމަލުކުރާނެ ގޮތް ބަޔާން ވެގެން ވެއެވެ.
މިކަން މިހެން އޮތް ކަމުގައިވީނަމަވެސް އެ އުސޫލުގައިވާ ގޮތުން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ގެންދާ ވަގުތު ޝަރީއަތުގެ އާންމު އުސޫލުތައް އެފަދަ އަޑުއެހުންތަކުގައި ވެސް ހިނގާނެ އެވެ. އެގޮތުންކޯޓުގެ ހުރުމަތް ކެނޑޭފަދަ އެއްވެސް ޢަމަލެއް ކޮށްފިނަމަ ނުވަ ޝަރީއަތަށް ދަތިވާ ފަދަ ކަމެއް ކޮޮށްފި ނަމަ، އެކަމަށް ފިޔަވަޅު އެޅޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.
މި ލިއުމާއި ގުޅޭ