Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އެއަރޕޯޓުގެ އޮޕަރޭޝަންތައް ބައެއް ގަޑިތަކަށް ހުއްޓާލަން ނިންމައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އޮޕަރޭޝަންތައް ބައެއް ގަޑިތަކަށް ހުއްޓާލަން ނިންމައިފިއެވެ.
އެމްއޭސީއެލްއިން ކޮށްފައިވާ ޓުވީޓެއްގައިވަނީ އޮޕަރޭޝަންތައް ހުއްޓާލާ ވަގުތުތަކުގައި އެއްވެސް ފްލައިޓެއް އެއަރޕޯޓުގައި ނުޖައްސާނެކަމަށެވެ. އެހެންނަމަވެސް ސިއްޚީ ސަބަބުތަކަށް އަންނަ ފްލައިޓްތަކާއި ޝެޑިއުލްއިން ބޭރުން އަންނަ ފްލައިޓްތައް ތިން ގަޑިއިރު ކުރީގެ ނޯޓިސްއަކާއެކު ކުރިއަށްގެންދަން ނިންމާފައިވާކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ. މިރެއިން ފެށިގެން މިގޮތައް ޢަމަލުކުރަން ފަށާފައިވާއިރު މިކަމަށް ވަކި މުއްދަތެއް އެމްއޭސީއެލްއިން ކަނޑައަޅާފައެއް ނުވެއެވެ.
އެމްއޭސީއެލްއިން އަޅާފައިވާ މި ފިޔަވަޅަކީ މިހާރުފެތުރެމުންދާ ނުރައްކާތެރި ކޮވިޑް 19އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. ދުނިޔޭގައި މިވައިރަސް ހަލުވިކަމާއެކު ފެތުރެމުންއަންނައިރު ރާއްޖެއިންވެސް މިބައްޔައް 16 މީހަކު ޕޮޒިޓިވްވެފައިވެއެެވެ. އޭގެތެރެއިން 11 މީހަކު ރަނގަޅުވެފައިވާއިރު ބާކީ ރާއްޖޭގައި ތިބި މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. މި ބަލީގެ ސަބަބުން ރާއްޖެއަށް އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަންނަނީ ސަރުކާރާއި އެހެނިހެން އިދާރާތަކުންވެސް އަޅަމުންނެވެ. އެގޮތުން ސަރުކާރު އޮފީސްތަކާއި ސްކޫލް، ކޮލެޖް އަދި ޔުނިވަރސިޓީތައް ބަންދުކޮށް އެއްވެ އުޅުންވެސް ވަނީ މަނާކޮށްފައެވެ.
މި ލިއުމާއި ގުޅޭ