Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކުރެއްދޫ ޑޮކްޓަރުގެ ޕާސްޕޯޓު ހިފަހައްޓައިފި

ކުރެއްދޫ ރިސޯޓުގެތުރުކީއަށް ނިސްބަތްވާ ޑޮކްޓަރުގެ ޕާސްޕޯޓު ހިފަހައްޓަން ކުރިމިނަލް ކޯޓުން އަމުރެއް ނެރެފިއެވެ.
ކުރިމިނަލް ކޯޓުން މިމަހުގެ 23 ވަނަ ދުވަހު ނެރެފައިވާ އަމުރުގައި ބުނެފައިވާ ގޮތުން ޑޮކްޓަރުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ކުރެއްދޫ ރިސޯޓަށް އައި އިޓަލީއަށް ނިސްބަތްވާ ފަތުރުވެރިޔެއްގެ ކިބައިން ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމުގެ ޢަލާމާތްތައް ފެނުމާއެކު، އެކަން ކަމާ ބެހޭ ފަރާތްތަކަށް އެމަޢުލޫމާތު އެނގި ތިބި ފަރާތްތަކުން ފޯރުކޮށްދީފައިނުވާ މައްސަލައާ ގުޅިގެންނެވެ.
އަދި އޭނާގެ ޕާސްޕޯޓު ހިފަހެއްޓި ސަބަބެއް ކަމުގައި ބުނެފައިވަނީ މިމައްސަލާގައި އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭއިރު މައްސަލައިގެ ތަޙުޤީޤު ނުނިމެނީސް ޑޮކްޓަރު ރާއްޖެއިން ފުރައިގެން ހިނގައިދާނެތީ ކަމުގައެވެ. އަދި އޭނާ ފިލައިގެން ހިނގައިދާނެ ސަބަބެއް ކަމުގައި ބުނެފައިވަނީ އޭނާއަކީ ބިދޭސީއަކަށްވުމާއި މިމައްސަލަ ތަޙުޤީޤުކުރަން ފެށުމުން ފިލައިގެން ދިއުމަށް އޭނާ މަސައްކަތްކުރުމުގެ ފުރުޞަތު އޮތުން ކަމުގައެވެ.
ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގެ ދަށުން ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މާޗު މަހުގެ 23 ވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ލިއުމާއި ގުޅޭ