Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކޮވިޑަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިން ފުރުވާލިއިރު ބަލީގެ އަލާމަތެއް ނުފެނޭ: މަބްރޫކް

ކޮވިޑް19 އަށް ޕޮޒިޓިވްވި އިޓަލީގެ ދެ ފަތުރުވެރިން މިއަދު ރާއްޖެއިން ފުރައިގެން ދިޔައީ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކޮށްފައި ކަމަށާއި އެ ދެ ފަތުރުވެރިން ފުރައިގެން ދިޔައިރު ވެސް ކޮވިޑް19ގެ އެއްވެސް އަލާމަތެއް ފެނިފައި ނުވާކަމަށް ކޮވިޑް-19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ، އިޓަލީގެ ދެ ފަތުރުވެރިން ކޮވިޑް19 އަށް ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ރާއްޖެއިން ފުރައިގެން ދިޔަ މަތިންދާ ބޯޓު ވައިގެ ތެރޭގައި އޮތްވައި ކަމަށެވެ.
މިއަދު ޕޮޒިޓިވްވި އިޓަލީގެ ދެ ފަތުރުވެރިންނަކީ އައިލޭންޑް ސަފާރީން ފަތުރުވެރިންތަކެއް ކޮވިޑް19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކަރަންޓީން ކުރެވުނު ދެ ފަތުރުވެރިންނެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި އިޓަލީގެ ދެ ފަތުރުވެރިން އައިލޭންޑް ސަފާރީން ކަރަންޓީނަށް ގެންދެވުނީ މާރޗް މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އެހެންވެ މިއަދު އޭނާ ފުރައިގެން ދިޔައީ ކަރަންޓީންގެ 14 ދުވަސް ފުރިހަމަ ކޮށްފައި ކަމަށެވެ.
މަބްރޫކް އިތުރަށް ވިދާޅުވި ގޮތުގައި ދެ ފަތުރުވެރިން ފުރުވާލީއިޓަލީ ސަރުކާރުން ރާއްޖެގައި ތިބި އެގައުމުގެ ފަތުރުވެރިން އަނބުރާ ގައުމަށް ގެންދިއުމަށް ހަމަޖެއްސި ރަޝިޔާ އެއާލައިންސްގެ ފްލައިޓެއްގައި ކަމަށެވެ.
އެމީހުން ދަތުރުކުރި ފްލައިޓުން ޖުމްލަ 358 މީހުން ދަތުރުކުރި ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، އިޓަލީގެ ދެ ފަތުރުވެރިންގެ ސާމްޕަލް ނެގީ މިހާރު ދުނިޔޭގެ އެހެން ގައުމުތަކުން ވެސް މިހާރު "ހައި ރިސްކް" ކެޓަގަރީގެ މީހުންގެ ސާމްޕަލް ނެގުމަށް އަމަލުކުރަމުންދާ އުސޫލަކީ އެއީ އެންމެ ރަނގަޅު އުސޫލެއްތޯ ބެލުމަށް ރާއްޖޭގެ ޑޮކްޓަރުން ކުރަމުން ގެންދާ ދިރާސާގެ ތެރެއިން ކަމަށެވެ.
އަދި އެމީހުންގެ ސާމްޕަލް ނެގި އެއްވެސް ހާލެއްގައި ކޮވިޑް19 ބަލީގެ އަލާމާތެއް ފެނިގެން ނޫން ކަމަށެވެ.
މި ލިއުމާއި ގުޅޭ