Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ފުރައިގެންދިޔަ އިޓަލީ މީހުން ކަރަންޓީނު ފެށީ 13 ވަނަ ދުވަހު: މަބްރޫކު

ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިޓަލީ ދެމީހުން ކަރަންޓީނު މަރުހަލާ ފަށާފައިވަނީ 13 ވަނަ ދުވަހުގައި ކަމަށް ސަރުކާރު ފަރާތުން ކޮވިޑް-19 އާ ގުޅޭ މަޢުލޫމާތު ދެއްވާ ތަރުޖަމާނު މަބްރޫކު ޢަޒީޒު ވިދާޅުވެއްޖެއެވެ.
މަބްރޫކު ވިދާޅުވި ގޮތުގައި 13 ވަނަ ދުވަހު އެދެމީހުން އެއިރު ދަތުރުކުރަމުން ދިޔަ ސަފާރީގައި ތިބި ހުރިހާ ފަރާތްތައް ކަރަންޓީނަށް ދިއުމަށް އަންގާފައިވާ ކަމުގައެވެ. އަދި އެކަން އަންގާފައިވަނީ އެޗްޕީއޭއިން ފޮނުވި ސިޓީއަކުން ކަމުގައިވެސް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު މިފަދައިން ވިދާޅުވި ނަމަވެސް އެންމެ ފުރަތަމަ އައިލެންޑު ސަފާރީއާ ގުޅޭ ގޮތުން ސަރުކާރުން މަޢުލޫމާތު ހާމަކޮށްފައިވަނީ 14 ވަނަ ދުވަހުއެވެ. އެދުވަހުގައި މަބްރޫކު ވިދާޅުވެފައިވަނީ އެސަފާރީން ދެ ފަތުރުވެރިއެއްގެ ކިބައިން ބަލީގެ ޢަލާމާތްތައް ފެނުމާއެކު ދެފަރާތެއްގެ ސާމްޕަލް ނަގާފައިވާ ކަމުގައެވެ. އެހެންކަމުން އެދުވަހުން ފެށިގެން އެ ޔޮޓު މޮނީޓަރިން ޙާލަތަށް ގެނެވިފައިވާ ކަމުގައެވެ. މޮނީޓަރިން ޙާލަތުގެ މާނައަކީ އެ ސަފާރީން މީހުން އަރައި ފޭބުން މަނާވުމާއި ބައްޔަށް ޝައްކުކުރެވި ސާމްޕަލް ނެގުނު ފަރާތްތައް އެކަހެރިކޮށް އެފަރާތްތަކާ ބައްދަލުވި ފަރާތްތައްވެސް އެކަހެރިކުރުމެވެ.
14 ވަނަ ދުވަހު ސާމްޕަލް ނެގިފައިވާ ދެ ފަރާތުގެ ސާމްޕަލް ތަޙުލީލުކުރެވި ނަތީޖާ ލިބިފައިވަނީ 15 ވަނަ ދުވަހުއެވެ. އެ ދުވަހު އޮތް ނޫސްވެރިން ބައްދަލުވުމުގައި މަބްރޫކު ވިދާޅުވެފައިވަނީ އެ ތަޙުލީލުތަކުގެ ނަތީޖާ ޕޮޒިޓިވްވެފައިވުމާ ގުޅިގެން އައިލެންޑް ސަފާރީގައި ތިބި ފަރާތްތައް ކަރަންޓީނުވުމަށް އަންގަވާފައިވާ ކަމުގައެވެ. އަދި އެ ޔޮޓު އެވަގުތު ދަތުރުކުރަމުންދަނީ ކަރަންޓީނު ފެސިލިޓީއަކަށް ކަމުގައިވެސް މަބްރޫކު އެދުވަހު ވިދާޅުވިއެވެ.
ކުރިން ސަރުކާރުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު އެދެމީހުން ކަރަންޓީނުކޮށްފައިވަނީ 15 ވަނަ ދުވަހުއެވެ. އަދި އެކަހެރިވެ އައިސޮލޭޓުވުމަށް އަންގާފައިވަނީ 14 ވަނަ ދުވަހުއެވެ. ނަމަވެސް މިހާރު މަބްރޫކު ވިދާޅުވި ގޮތުން އެދެމީހުން 13 ވަނަ ދުވަހުގައި ކަރަންޓީނު މަރުހަލާ ފަށާފައިވެއެވެ.
މި ލިއުމާއި ގުޅޭ