އަކްރަމް ކަމާލުއްދީން ޤަވާއިދާއި ހިލާފަށް ނިއުޕޯޓުވިއު އަށް ވަން މައްސަލަ ފުލުހަށް!

އައިޝަތު ހަނާ 26 މާރިޗު 2020 22:30
Flowers

ކޯޓުއަމުރެއް ނުވަތަ ރަސްމީ އެއްވެސް ލިޔެކިޔުމެއްނެތި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ނިއުޕޯޓު ވިއު ރެސްޓޯރެންޓުގެ ތަޅު ހަލާކުކޮށް އެތަނަަށް ވަދެގަތް މައްސަލަ ހައިކޯޓަށާއި ފުލުހަށް އެ ރެސްޓޯރެންޓު ހިންގާ ސްޓްރާޑާ ކުންފުނިން ހުށަހަޅައިފިއެވެ.

 އެކުންފުނިން ނެރުނު ބަޔާނެއްގައިވަނީ ޝަރުއީ މަރުހަލާއަށް އިޙްތިރާމްކުރުމެއް ނެތި، ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނުގެ ކޮމާންޑުގެ ދަށުން ގޮތްނޭނގޭ 10 ވަރަކަށް މީހުން ފުލުހުންގެ ހާޒިރުގައި، ކޯޓު އަމުރަކައި ނުލައި، ނިއުޕޯޓް ވިއުއަށް މިއަދު މެންދުރު ގަދަބާރުން ވަދެގަނެފައިވާ ކަމަށެވެ. 

އެ މައްސަލަ ފުލުހަށް ހުށަހަޅި ނަމަވެސް ފުލުހުން ވަނީ އަދި އެ މައްސަލަ ބަލައިނުގަނެ މަޑު ޖައްސާލާފައެވެ. 

ސްޓްރާޑާއިން ބުނީ އެފަދަ އެއްވެސް ކަމެއް ކުރާކަމަށް ޕްލޭނިންގް މިނިސްޓްރީ އަދި ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްވެސް ގޮތަކަށް އެކުންފުންޏަށް އަންގާފައިނުވާ ކަމަށާއި އަދި ތަނުގެ ތަޅު ހަލާކުކޮށް، ހުއްދަނެތި އިމާރާތުގެ ތެރެއަށް ވަދެ ކުންފުނީގެ މުދާ ހާވައި، ފޮޓޯ ނަގައި، ތަނުގައި ފިލާ ޖެހުމަށްފަހު މިހާރު ތަޅުލާ ބަންދުކޮށްފައިވާ ކަމަށެވެ. 

ސްޓްރާޑާއިން ނެރުނު ބަޔާނުގައިވަނީ "ބްރިޖް ވިއުއިންގ ޕްލެޓްފޯމް ތަރައްޤީކުރުމާބެހޭ އެއްބަސްވުން"ގެ ދަށުން ލޮނުޒިޔާރަތްކޮޅުން މިކުންފުންޏަށް ކުއްޔަށް ދީފައިވާ ބިމުގެ ތެރެއިން ބަޔަކާއި އެތަނުގައި ހަދާފައިހުރި "ޗާޓައިމް" ހިންގި ޢިމާރާތް ދައުލަތުގެ ބޭނުމަށް ނަގާފައިވަނީ އަދުލުވެރި ބަދަލު ނުދީކަމަށްވާތީއާއި، އަދުލުވެރި ބަދަލު ލިބުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ)އިން ލިބިދީފައިވާ އަސާސީ ޙައްޤެއް ކަމުގައިވާއިރު، އެ ޙައްޤު އަދާނުކޮށް ދައުލަތުން ދެމިތިބެ، ކުލި ނުދައްކާތީކަމަށްބުނެ ދެފަރާތުން ސޮއިކުރި އެއްބަސްވުން ބާޠިލްކޮށްފައިވާތީ، މިކުންފުނިންވާނީ އެމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ."  ސްޓްރާޑާއިންވަނީ ސިވިލްކޯޓުގެ ހުކުމް  ހައިކޯޓުގައި  އިސްތިއުނާފުކޮށްފައެވެ. އެހެން ކަމުން އިސްތިއުނާފު މަރުހަލާގައި އެތަނާއި މެދު އެއްވެސް ގޮތެއް ނުނިންމޭނެކަމަށް ޤާނޫނީ ވަކީލަކު މައުލޫމާތު ދިނެވެ.



މުޅިދުނިޔޭގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި، ސަރުކާރު ބަންދުކޮށް، ބޯޑަރު ބަންދުކޮށް، އެންމެން ގޭބަންދާއި ރަށު ބަންދުގައި ތިބުމަށް ސަރުކާރުން އަންގައި ދިވެހިރާއްޖެ ލޮކްޑައުން ކޮށްފައިވާ މިދަނޑިވަޅުގައި، ދައުލަތުގެ ރިސޯސްތައް އިސްރާފުކޮށް، އަވަސް އަރުވާލައިގެން، މިހާރު ވިޔަފާރިނުކުރާ ތަނެއްގައި ބޮޑުތަޅު އެޅުވީ ކޮން ހިކުމަތެއްގައިތޯ އެކުންފުނިންވަނީ ސުވާލު އުފައްދާފައެވެ. އަދި އެގޮތަށް ޢަމަލުކޮށްފައިވަނީ އެޗްޕީއޭއިން އަންގައިގެންތޯ އޮޅުންފިލުވަން ބޭނުންވާ ކަމަށްވެސް ސްޓްރާޑާއިން ބުނެއެވެ. 



ޤައުމު ނާޒުކު ފައްތަރެއްގައި އޮތް މި ދަނޑިވަޅުގައި ސިއްޙީ ރައްކާތެރިކަމަށާއި، ދައުލަތުގެ ފައިސާއާއި ރިސޯސްތަކަށް ބެލުމެއްނެތި ސަރުކާރުގެ އެތައް މުވައްޒަފުންނެއް ނެރެގެން ސަރުކާރުން ނިއުޕޯޓް ވިއު މިއަދު ބަންދުކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށާއި ސަރުކާރުން މިކަން ކޮށްފައިވަނީ ހައްޤާއި އިންސާފުގެ ބޭރުން، ސިޔާސީގޮތުން މިކުންފުންޏަށް މެސެއްޖެއް ދިނުމުގެ ނިޔަތުގައިކަން ޔަޤީންކުރެވޭ ކަމަށްވެސް އެކުންފުނިން ބުނެފައިވައެވެ. އެކުންފުނީގެ ތަކެއްޗަށް ލިބޭ ގެއްލުމަށް ދައުލަތުން ޒިންމާވާންޖެހޭނެ ކަމަށްވެސް ސްޓްރާޑާއިން ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ާަމޢ
ބޮޑު ބަދަލެއް 2023 ގަ ލިބޭނެ
އިބުރާހިމް އަހުމަދު
ހީވޭމިސަރުކާރުން ނުކުތީ އައްޑޫމީހުންގެ ވިޔަފާރި ފުޑާލަން ހެންވެސްމިހާރު ހީވޭ އަކުރަމްމެންގެ ލަދުކޮބާ ތިތާތަޅުއަޅުވަން ބިލުގަސޮއިކޮއްފަ ކެއިމަ ބަޑުދިޔާވެގެން ނޫނީ ގ.ޕާނިސްވަން ހެންތަ ހަކަތަ އާދިލް ބޭޒާރުކުރިހެން ބަދަލެއް ހިފާލަނީތޯ ލަދެއްނުގަނޭ ސަރުކާރުން ދޭންޖެހޭ ބަދަލް ދީބަލަ އެސޮރުމެންނައް އޭގެފަހުންނެރެބަލަ ކުލިނުދއްކަޔޭކިޔާފަ...
ދދދދ
އެއީ ވަގެއް. ތިތަނަށް ވަދެވެސް ވައްކަން ކުރާނީ. ތީ ކާކު.
ވަހީދު
ކުރިން ރާއްޖެ ބަނޑުއެޅި ޢާއިލާތަކުން ނުކުމެ ރައްޔިތުންގެ މުދާ ބަނޑު އަޅަން އެއުޅެނީ.