ކޮވިޑު-19: ރާއްޖޭގައި ފަރުވާ ދެމުން ދިޔަ އިތުރު މީހަކު ރަނގަޅުވެއްޖެ

މަރިޔަމް ލީނާ 26 މާރިޗު 2020 21:10
Flowers
ދަރުމަވަންތަ ހޮސްޕިޓަލް

ކޮވިޑު-19 ޖެހިގެން ރާއްޖޭގައި ފަރުވާދެމުން ދިޔަ އިތުރު މީހަކު ރަނގަޅުވެއްޖެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިހާރު ކޮވިޑު-19 ޓާސްކްފޯހުގެ ފަރާތުން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރާއްޖޭގައި ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 13 މީހުންނެވެ. އޭގެ ތެރެއިން 9 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އެހެން ކަމުން މިހާރު ބާކީ ފަރުވާ ދެމުންދަނީ 4 މީހުންނަށެވެ.

ރާއްޖޭގައި ކޮވިޑު-19 ޖެހިފައިވަނީ ހުސް ބިދޭސީންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ 9 އިޓަލީ މީހުންނާއި، ތުރުކީ، ޖަރުމަން، ދެކުނު އެފްރިކާ އަދި އިނގިރޭސި ވިލާތް މިއިން ކޮންމެ ޤައުމަކުން އެކަކެވެ. 

ކޮވިޑު-19 އާއި ގުޅިގެން ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ. އަދި ސަރުކާރު އޮފީސް ތަކާއި ސްކޫލް އަދި ޔުނިވަސިޓީތައްވެސް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ބޯޑަރުވެސް ބޭރުގެ ފަރާތްތަކަށް ވަނީ ބަންދުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު