Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކާތަކެތި ވިއްކާ ތަންތަން ބަންދުކުރަން އެންގީ މާލެ ސަރަހައްދުގައި އެކަނި: އެޗްޕީއޭ

ކާބޯތަކެތި ވިއްކާ ތަންތަން ބަންދުކުރަން އަންގާފައިވަނީ މާލެ ސަރަހައްދުގައި އެކަނި ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން ބުނެފިއެވެ.
އެއޮތޯރިޓީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މާލެ ސަރަހައްދު ފިޔަވައި އެހެން އެއްވެސް ސަރަހައްދެއްގައި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓުތައް ބަންދުކުރުމަށް އެއިދާރާއިން އަންގާފައިނުވާނެ ކަމުގައެވެ. އަދި އެފަދަ އިރުޝާދެއް އެއޮތޯރިޓީ ފަރާތުން އެއްވެސް ޞިފައެއްގައި އެއްވެސް ފަރާތަކަށް ދީފައިނުވާނެ ކަމުގައިވެސް އެއޮތޯރިޓީން ބުނެފައިވެއެވެ.
އޭގެ އިތުރަށް އެއޮތޯރިޓީން ކުރި ޓުވީޓުގައި އިތުރަށް ބުނެފައިވަނީ އެއްވެސް ސަރަހައްދެއްގައި ހިންގާ ވިޔަފާރިތައް ހިންގާ ވަގުތަށް ބަދަލު ގެނައުމަށް އެ އޮތޯރިޓީން އަންގާފައިނުވާނެ ކަމުގައެވެ. މިފަދައިން އެއޮތޯރިޓީން ބުނެފައިވަނީ އައްޑޫ ސިޓީގައި ވިޔަފާރިތައް ހުޅުވާފައި ހުންނަ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.
އްޑޫ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިރެއިން ފެށިގެން ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި، އާންމު ހިދުމަތް ދޭ ތަންތަން ކަމުގައިވާ ފިހާރަތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން ހަވީރު 6:00 އަށް ކަމަށެވެ.
ނަމަވެސް އެކަމާއި ގުޅޭގޮތުން ޓުވީޓު ކުރައްވަމުން އައްޑޫ ސިޓީގެ މޭޔަރު ސޯބެ ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލްއިން ޤަވާއިދުން ފިޔަަޅު އަޅާނެކަމަށް ވިދާޅުވެފައެވެ. އަދި ވިޔަފާރި ކުރާ ތަންތަން ހަވީރު 6:00 އިން ބަންދު ކުރަން ނިންމީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސަސް އާއި މަޝްވަރާ ކުރުމަށްފަހު އައްޑޫ ކޮވިޑު-19 ޓާސްކްފޯސް އިން ނިންމައިގެންކަމަށް ސޯބެ ވިދާޅުވިއެވެ.ނަމަވެސް އެޗްޕީއޭގެ ޓުވީޓުގައި ބުނެފައިވަނީ އެފަދަ އިރުޝާދެއް އެއްވެސް ކައުންސިލަކަށް ދީފައިނުވާނެ ކަމުގައެވެ.
އަދި އެޗްޕީއޭއިން އެދިފައިވަނީ އެކި ސަރަހައްދުތަކުގައި ޤާއިމުކުރެވިފައިވާ ޞިއްޙީ ޓާސްކް ފޯސްތަކުން އެޗްޕީއޭގެ އެންގުންތަކަށް ބޯ ލަނބައި ކިޔަމަންތެރިވުމަށެވެ.
މި ލިއުމާއި ގުޅޭ