އިޓަލީގައި އިތުރު ޞިނާޢަތްތަކެއް ބަންދުކުރަން ނިންމައިފި

ޙުސައިން އަފްޝަން 25 މާރިޗު 2020 22:41
Flowers
ފޮޓޯ: ރޮއިޓަރސް

އިޓަލީވިލާތުގައި ކޮރޯނާ ވައިރަސް ހަލުއިކަމާއެކު ފެތުރެމުންދާ ދިއުމާ ގުޅިގެން އެޤައުމުގެ އިތުރު ޞިނާޢަތްތަކެއް ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ. 

އެގޮތުން އެޤައުމުގެ ކާރު އުފައްދާ ކާރުޚާނާތަކާއި ހެދުން އުފައްދާ ތަންތަނާއި ކުއްޔަށް ދޭ ތަންތަނުގެ އިތުރަށް ޢިމާރާތްކުރުމުގެ ޞިނާއަތާއި ފަތުރުވެރިކަމުގެ ކުންފުނިތަކަށް އަސަރުކުރާނެއެވެ. އެޤައުމުގެ ރައީސް ގުސިޕޭ ކޮންޓޭ ވިދާޅުވި ގޮތުގައި އެޤައުމުގެ އިޤުތިޞާދީ އިންޖީނު މަޑުޖައްސައިލަން ނިންމަވާފައިވެއެވެ. 

އޭނާ ލިޔުއްވި ފޭސްބުކު ޕޯސްޓެއްގައި ލިޔުއްވާފައިވަނީ މިއީ ނިންމަން އުދަގޫ ނިންމުމެކެވެ. ނަމަވެސް ކޮރޯނާ ވައިރަސް ފެތުރެމުންދާ ދުވެލި މަޑުކުރުމަށް މިމަރުހަލާގައި ކޮންމެހެން ނިންމަން ޖެހޭ ނިންމުމެކެވެ. 

ވިލާތުގައި މިބަލި ފެތުރެން ފެށި މައި މަރުކަޒު ކަމުގައިވާ އިޓަލީއަކީ ކޮރޯނާ ވައިރަސްގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ އެއް ޤައުމެވެ. އެންމެ ގިނަ މީހުން އެއް ޤައުމަކުން މިވަބާގެ ސަބަބުން މަރުވި އަދި އެންމެ ގިނަ މީހުންނަށް މަބަލި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ޖެހުނު ޤައުމަކީ އިޓަލީވިލާތެވެ. 

އިޓަލީވިލާތުގެ ރައީސްގެ ރިޔާސީ ޤަރާރުގައި އޭނާ ސޮއިކުރެއްވީ އާދީއްތަ ދުވަހުއެވެ. އޭގެ އެއްދުވަހުގެ ކުރިން ދުނިޔޭގައި ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން އެއް ދުވަހުގައި މަރުވެފައިވަނީ އިޓަލީގައެވެ. އެއީ 24 ގަޑިއިރު ތެރޭގައި 793 މީހުން މަރުވުމާ ގުޅިގެންނެވެ. 

މިޞިނާޢަތްތައް ބަންދުކުރުން ފެށިގެންދާނީ ހޯމަދުވަހުގައެވެ. އަދި އޭޕްރީލް ތިންވަނަ ދުވަހާ ހަމައަށް މިކުންފުނިތައް ބަންދުވާނެއެވެ. އަދި ބުދަ ދުވަހާ ހަމައަށް މިއެންގުމަށް ތަބާވުމުގައި ވާންޖެހޭ ތައްޔާރީތައް ވުމުގެ ފުރުޞަތު ކުންފުނިތަކަށް ދީފައިވެއެވެ. އަދި އެކަން އެގޮތަށް އެކުންފުނިތަކަށް ނުކުރެވިއްޖެނަމަ، ސަރުކާރުން ގަދަ ބާރުން އެކުންފުނިތައް 30 ދުވަހުގެ މުހުލަތަކަށް ބަންދުކުރާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު