Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައީސަށް މިނިމަމް ރިޒާވް ރިކުއަޔަރމެންޓަކީ ކޯއްޗެއްކަން އެނގިވަޑައިނުގަތް!

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ކަނޑައަޅާ މިނިމަމް ރިޒާވް ރިޒާވް ރިކުއަރމެންޓަކީ ކޯއްޗެއްކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެނގިވަޑައިނުގަންނަވާކަން ހާމަވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްއޭ އިން ބޭންކުތަކުން ބަހައްޓަން ޖެހޭ އެންމެ ދަށް މިންވަރު މަދު ކުރަން އުޅޭކަމަށް ކުރިން ބުނެފައިވާތީ އެކަމާ ގުޅޭގޮތުން ވަގުތު ނޫހުން ސުވާލު ކުރުމުން ރައީސް ސޯލިހް ވަނީ މިނިމަމް ރިޒާވް މިންވަރު މިހާރު ހުރީ 10 އިންސައްތައިގަ ކަމަށާއި އަދި އެ އެމައުންޓު ދަށް ނުކުރާކަމަށެވެ.
ނަމަވެސް ދެން ރައީސް ވަނީ ޑޮލަރުުގެ އަގު މާކެޓުގައި ދަށްވެއްޖެނަމަ، އެމްއެމްއޭގެ ވިސްނުމަކީ 5 ޕަރސެންޓުދަށްކޮފައި ޑޮލަރު ބޭންކުތަކަށް ޕަމްޕު ކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު މާކެޓެއް ނިކުންނާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ."އަދި އެ ހާލަތު އަތުވެއްޖެއްޔާ، ޑޮލަރ މާކެޓުގައި ދަށްވެއްޖިއްޔާ އެމްއެމްއޭގެ ވިސްނުމަކީ 5 ޕަސެންޓަށް ދަށްކޮށްފައި އެ ޑޮލަރުވެސް ޕަމްޕު ކުރުން ބޭންކުތަކަށް. އެހިސާބަށް ގޮސްސިއްޔާ ވަގުތީ ކަމެއްގެ ގޮތުގައި އެކަން ކުރައްވާނެ. އެއީ ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު އަނެއްކާވެސް މި މާކެޓަށް ނިކުންނާނެ."
ރައީސް މިހެން ވިދާޅުވިނަމަވެސް މިނިމަމް ރިޒާވް ރިކުއަރމެންޓު ދަށްކުރަނީ އެއްވެސް ގޮތަކަށް އިޤްތިސާދަށް ޑޮލަރު ޕަމްޕު ކުރުމުގެ ބޭނުމުގައެއް ނޫނެނެވެ. ކޮވިޑު-19 އާއި ގުޅިގެން މަރުކަޒީ ބޭންކުން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައިި ބޭންކުތަކުން މަރުކަޒީ ބޭންކުގައި ބަހައްޓަން ޖެހޭ މިނިމް ރިޒާވް އަދަދު، ބޭންކުތަކުން ލިކުޑިޓީ ބޭނުން ޖެހިއްޖެ ހާލަތެއްގައި، 5 އިންސައްތައަށް ކުޑަކުރުން ހިމެނެއެވެ. މި ފިޔަވަޅަކުން އިޤްތިސާދުގައި ހުންނަ ޑޮލަރުގެ އަދަދަކަށް އެކަށީގެންވާ ބޮޑު ބަދަލެއް ނާންނާނެއެވެ. އަދި އެއީ އެއްގޮތަކަށްވެސް ޑޮލަރުގެ އަގާއި އެހާ ބޮޑަށް ގުޅޭ ކަމެއްވެސް ނޫނެވެ.
ޑޮލަރުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އެމްއެމްއޭ އިން ކުރަން ނިންމާފައިވާ ކަމަކީ ފޮރިން އެކްސްޗޭންޖް ބާޒާރަށް މިހާރު ފޯރުކޮށްދެމުންދާ ބޭރުފައިސާގެ އަދަދު އިތުރުކުުރުމާއި، އެމްއެމްއޭގައި ގާއިމްވެފައި ހުރި އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ބޭންކުތަކަށް އިތުރަށް ބޭރުފައިސާ ފޯރުކޮށްދިނުމެވެ.
އެމްއެމްއޭއިން ފޮރެން އެކްސްޗޭންޖް ބާޒާރަށް ޑޮލަރު ވިއްކަނީ އެމްއެމްއޭގެ ބޭރުފައިސާގެ ރިޒާވުންނެވެ. އަދި އެ ރިޒާވުގައި ހުރި ފައިސާއަށް އިތުރުކުރުމަށް އިންޑިއާއިން 150 މިލިއަން ޑޮލަރު ގެ ލޯނެއްވެސް ސަރުކާރުން ވަނީ ނަގަން ނިންމާފައެވެ. ރައީސް ގެ ވާހަކަފުޅުގައި އެ ވިދާޅުވާ 150 މިލިއަން ޑޮލަރަކީ އިންޑިއާ އިން ނަގާ އެ ލޯނުކަމަށްވުން އެކަށީގެންވެއެވެ.
ބޭންކުތަކުގެ މިނިމަމް ރިޒާވް ރިކުއަރމެންޓަކީ ކޯއްޗެއްކަން ރައީސަށް އެނގިވަޑައިނުގަތުމުން ގިނަ ބައެއްގެ ފާޑުކިޔުން ރައީސަށް ވަނީ އަމާޒުވެފައެވެ.
މި ލިއުމާއި ގުޅޭ