Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ފުރަބަންދަށް ގޮންޖަހައި "ކޮރޯނާ ޕާޓީ" ބޭއްވި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

އެމެރިކާގެ ކެންޓަކީގައި ސަރުކާރުގެ ފަރާތުން އިއުލާންކުރި ފުރަބަންދަށް ގޮންޖަހައި "ކޮރޯނާ ވައިރަސް ޕާޓީ"ގެ ނަމުގައި ޕާޓީއެއް ބޭއްވި ގްރޫޕުގެ މީހަކު ކޮވިޑް19 ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެއްޖެއެވެ.
ޕާޓީ ކުރަން އުޅުނު ޒުވާން ގްރޫޕެއްގެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވީ އެމެރިކާގެ ކެންޓަކީ ސްޓޭޓުންނެވެ. ކެންޓަކީގެ ސްޓޭޓް ސަރުކާރުގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި ޒުވާން ގްރޫޕްތަކުން އެމީހުންނަށް ކޮވިޑް19 ނުޖެހޭނެ ކަމަށް ދެކި އިޖްތިމާއީ ގައިދުރުވުމާއި ފުރަބަންދުގެ އުސޫލުތަކާއި ފާޅުގައި ދެކޮޅު ހަދަމުން ގެންދާ ކަމަށެވެ.
އަދި އެކަމުގެ ސަަބަބުން އެތައް ބަޔަކު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިފައިވާ ކަމަށާއި އެކަމާއި ޒުވާނުން ތަންކޮޅެއް ޒިންމާދާރު ވުމަށް ވެސް އޭނާ ވަނީ ގޮވާލާފައެވެ.
ކެންޓަކީގެ އިތުރުން ވެސް އެމެރިކާގެ އެހެން ހިސާބުތަކުގައި ވެސް އެ ގައުމުގެ ސަރުކާރުން ފުރަބަންދު ކުރުމައި ކަރަންޓީން ކުރުމަށް އަންގާ އެންގުންތަކަށް ޒުވާން ގްރޫޕްތަކުން ބޯލަނބަމުން ނުދާކަން ފާހަގަކުރެވެއެވެ.
މިގޮތަށް ޒުވާނުން އަމަލުކުރަމުން ދަނީ ކޮވިޑް19 ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ އުމުރުން ދުވަސްވެފައިވާ މީހުންނަށް ކަމަށް ބުނެއެވެ. އެހެން ނަމަވެސް މިހާރު ޑޮކްޓަރުން ބުނަމުން ގެންދަނީ ކޮވިޑް19 ޒުވާން އުމުރުގެ މީހުންނަށް ވެސް ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އަދި އިޖްތިމާއީ ގައިދުރުވުން ފަދަ ކަންކަމަކީ ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅު ކަމަށް ވެސް ޑޮކްޓަރުންނާއި ސިއްހީ ތަޖުރިބާކާރުން ދަނީ ފާހަގަކުރަމުންނެވެ.
މި ލިއުމާއި ގުޅޭ