ކޮވިޑް19 ޖެހިގެން ދެވަނައަށް އެންމެ ގިނަ މީހުން މަރުވި ގައުމަކަށް ސްޕެއިން

ހުސެން ޒަހީން 25 މާރިޗު 2020 20:27
Flowers
ސްޕެއިނުގައި ސިއްހީ އޮފިޝަލުންތަކެއް ބަލި މީހަކަށް އެހީތެރިވަނީ

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް19 ޖެހިގެން އެންމެ ގިނަ މީހުން މަރުވި ގައުމަކަށް ސްޕެއިން ވެއްޖެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސްޕެއިނުން ކޮވިޑް19 ޖެހިގެން މަރުވި 738 މީހުންނާއި އެކު މިހާރު އެގައުމުން އެ ވައިރަސް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 3434 އެވެ. 

އަދި ކޮވިޑް19 ޖެހިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 47610 އަށް އަރާފައެވެ. 

ކޮވިޑް19 ޖެހިގެން އެންމެ ގިނަ އަަދަދަކަށް މީހުން މަރުވެފައިވަނީ އިޓަލީންނެވެ. އެގައުމުން މިހާތަނަށް 6,820 މީހުން ވަނީ މަރުވެފައެވެ. ލިސްޓްގެ ދެވަނައިގައި ކޮވިޑް19 އެންމެ ފުރަތަމަ ފެނުނު ޗައިނާ އޮތް އިރު އެ ގައުމުން   މިހާތަނަށް މަރުވެފައި ވަނީ 3285 މީހުންނެވެ.

ސްޕެއިންގައި ކޮވިޑް19 ޖެހިގެން މަރުވި މީހުންގެ އަދަދު ރެކޯޑް އަދަދަކަށް އިތުރުވެފައި ވާއިރު އެ ގައުމުން ދަނީ އެ ވައިރަސް ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޗައިނާއިން 467 މިލިއަން ޑޮލަރުގެ ސިއްހީ ސާމާނު ގަތުމަށް ސްޕެއިން ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

ޔޫރަޕުގައި ހަލުވިކަމާއި އެކު ކޮވިޑް19 ފެތުރެމުން އަންނައިރު 

ކިޔުންތެރިންގެ ހިޔާލު