ކޮވިޑު-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސަކު އެކަހެރިކޮށްފި

މަރިޔަމް ލީނާ 25 މާރިޗު 2020 12:25
Flowers
މާލޭގައި ކުރިއަށް ގެންދިޔަ ޑްރިލްއެއްގެ ތެރެއިން. ފޮޓޯ: މިހާރު

ކޮވިޑު-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސަކު މަނަފަރު މޯލްޑިވްސް ރިސޯޓުގައި އެކަހެރިކޮށްފި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި އެމީހާގެ ހަށިގަނޑުން މިހާރު ވަނީ ތަހުލީލު ކުރުމަށް ސާމްޕަލްތަކެއް ނެގިފައެވެ. އަދި އޭނާ މިހާރު ހުރީ އެކަހެރިކޮށްފައެވެ. އަދި ރިސޯޓު ވަނީ މޮނިޓަރިން ހާލަތަށް ގެނެވިފައެވެ. 

މިހާތަނަށް ރާއްޖެއިން ކޮވިޑު-19 ޖެހިފައިވާ 13 މީހަކުވަނީ ފެނިފައެވެ. އޭގެ ތެރެއިން 5 މީހަކު ވަނީ ރަނގަޅުވެފައެވެ. އެ އެންމެނަކީވެސް ބިދޭސީންނެވެ. ރާއްޖޭގައި ދިވެއްސަކު ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައި ނުވިނަމަވެސް ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ދިވެއްސަކު ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އެ ޤައުމުން ވަނީ ހާމަކޮށްފައެވެ. 

ކޮވިޑު-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި މިހާރު ވަނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު